ކުޅިވަރު

ނިއު ޒީލެންޑް ބަލިކޮށް ފުރަތަމަ މޮޅާއެކު މިޞްރު އެއްވަނައަށް


  • މެޗު މިޞްރުން ކާމިޔާބުކުރީ 3-1އިން

3-1 ން ނިއު ޒީލެންޑް ބަލިކޮށް، ފީފާ ވަރލްޑްކަޕްގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދާ، ގްރޫޕް ޖީގެ އެއްވަނައަށް މިޞްރު ޖެހިލައިފިއެވެ.

މިޞްރުން މެޗު ކާމިޔާބުކުރީ ނިއު ޒީލެންޑުން ފުރަތަމަ ހާފްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނިކޮށް، ދެވަނަ ހާފްގައި ތިން ލަނޑު ޖަހައިގެންނެވެ. ބީސީ ޕްލޭސް ވެންކޫވާ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 15 ވަނަ މިނިޓްގައި ނިއު ޒީލެންޑުން ކުރިހޯދީ ފިން ސާމަންގެ ލަނޑުންނެވެ. އޭނާ ލަނޑު ޖެހީ ކޯނަރަކުން ތަނަވަސްވި ފުރުޞަތެއްގައެވެ. މިޞްރުން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފް ފަށައިގެން 13 ވަނަ މިނިޓްގައި މުސްތަފާ ޒީކޯގެ ލަނޑުންނެވެ. އޭނާ ލަނޑު ޖެހީ މުހައްމަދު ހާނީ ނަގައިދިން ހުރަސް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. މިޞްރަށް ލީޑް ނަގައިދިނީ 67 ވަނަ މިނިޓްގައި ސަލާހު އެވެ. އެއީ ފުރަތަމަ ލަނޑު ޖެހި މުސްތަފާ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ތިންވަނަ ލަނޑު 82 ވަނަ މިނިޓްގައި ޓްރެޒެގޭ ޖެހީ ސަލާހު ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.
ވަރލްޑްކަޕްގެ ތާރީޚުގައި ހޯދި ފުރަތަމަ މޮޅާއެކު މިސްރު އެއްވަނާގައި އޮތީ 4 ޕޮއިންޓާއެކުއެވެ. މިސްރު ފުރަތަމަ މެޗުގައި ބެލްޖިއަމްއާ ވާދަކޮށް ނިމުނީ އެއްވަރު ވެގެންނެވެ. ބެލްޖިއަމް ދެވަނަ މެޗުވެސް އިރާނާ ވާދަކޮށް އެއްވަރުވުމުން ދެ މެޗުން ލިބެނީ ދެ ޕޮއިންޓެވެ. އިރާންވެސް އޮތީ ދެ މެޗު އެއްވަރުކޮށް ދެ ޕޮއިންޓްގައެވެ. ޕޮއިންޓަކާއެކު ފުލުގައި އޮތީ ނިއު ޒީލެންޑެވެ.