ކުޅިވަރު

ދެ ކޯޗުން ނަޒަރުގައި ވެސް ޕްރެޝަރު އޮތީ ކެނެޑާ އަށް


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކެނެޑާ އާއި ގަތަރު ބައްދަލު ކުރާއިރު ދެ ޓީމުގެ ކޯޗުން ވެސް އެއްބަސްވި ކަމަކީ ޕްރެޝަރު އޮތީ މުބާރާތް ބާއްވާ އެއް ގައުމު ކެނެޑާ އަށް ކަމަށެވެ.

ގަތަރުގެ ކޯޗު ހޫލިއަން ލެޕޮޓީގް ބުނީ ދުނިޔެ ދައްކާ ޕްރެޝަރަށް އޭނާގެ ޓީމު ނުވިސްނާނެ ކަމަށެވެ.

"އަހަރުމެންނަކީ ކުޑަ ގައުމެއް. އަހަރުމެންނަށް މާބޮޑު ޕްރެޝަރެއް އޮވެގެން ނުވާނެ. ސަބަބަކީ މި ފަދަ ބޮޑު މުބާރާތެއްގައި ޕްރެޝަރު މީގެ ކުރިން އަހަރުމެން ތަޖުރިބާ ކޮށްފައި ނުވާތީވެ. އަހަރުމެންގެ އޮތީ އެންމެ އުއްމީދެއް. އެހެންވީމާ އަހަރުމެންގެ ޕްރެޝަރު އޮވެގެން ނުވާނެ. އަހަރުމެން ހަމައެކަނި ޓާގެޓަކީ މި މުބާރާތުގެ ދެ ވަނަ ބުރަށް ދިއުން،" ކޯޗު ބުންޏެވެ.

ކެނެޑާގެ ކޯޗު ޖެސޭ މާޝް ވަނީ މި މެޗަށް ތައްޔާރުވުމުގެ ގޮތުން މެޓަވާސް ބޭނުންކޮށްގެން ކުޅުންތެރިންނަށް ޕްރެޝަރު ފިލުވާލުމުގެ ހަރަކާތްތަކެއް ހިންގައިފަ އެވެ. މި ގޮތުން ވީޑިއާ ގޭމް ކުޅުން ފަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވަނީ ހިންގާފަ އެވެ. ސަބަބަކީ އެ ޓީމަށް އޮތް ޕްރެޝަރު ބޮޑުވުމެވެ.

"އަހަރުމެން މި މެޗަށް ނުކުންނާނީ ވަރަށް ބޮޑަށް ޓާގެޓް ހާސިލް ކުރަން. އަހަރުމެން ދެކޭ ގޮތުގައި މި މުބާރާތުގައި ކުރިއަށް ދިއުމަށް އަހަރުމެންނަށް ފަސޭހަ މަގެއް ހޯދޭނީ ގްރޫޕުގެ އެއްވަނަ ހޯދައިގެން. އެއީ ޕްރެޝަރެއް ކަމަށް ބަލައިގެން ނުވާނެ. އެކަމަކު މުބާރާތް ބާއްވާތީވެ އަހަރުމެންނަށް އޮތް ޕްރެޝަރު ކުޑައެއްނޫން،" ކޯޗު ބުންޏެވެ.

މި މުބާރާތުގައި ކެނެޑާގެ ފުރަތަމަ މެޗުން އެއްވަރުވީ ބޮސްނިއާއާ ވާދަކޮށް 1-1އިންނެވެ. ގަތަރު އެއްވަރު ކުރީ ސްވިޒަލޭންޑާ އެވެ.