ޚަބަރު

އަހަރުގެ މިހާތަނަށް ވައްކަމުގެ 1,492 މައްސަލަ


  • 1,380 އެކްސިޑެންޓް ރިޕޯޓުކޮށްފައިވޭ

  • މަސްތުވާތަކެތީގެ 867 މައްސަލަ ރިޕޯޓު ކޮށްފައިވޭ

އަހަރުގެ މިހާތަނަށް ވައްކަމުގެ 1,492 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އަހަރުގެ މިހާތަނަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތަފާސްހިސާބު ހިއްސާކޮށްފައެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް 5،226 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ ވައްކަމުގެ މައްސަލަތައްކަން ފާހަގަކޮށްލެވެއެވެ.

ފުލުހުންގެ ތަފާސްހިސާބު:

- ވައްކަމުގެ 1,492 މައްސަލަ
- 1,380 އެކްސިޑެންޓް
- މަސްތުވާތަކެތީގެ 867 މައްސަލަ
- ތަކެތި ގެއްލިގެން 448 މައްސަލަ
- މާރާމާރީގެ 289 މައްސަލަ
- މުދަލަށް ގެއްލުންދިނުމުގެ 275 މައްސަލަ
- ގެވެށި އަނިޔާގެ 154 މައްސަލަ
- ޚިޔާނާތުގެ 116 މައްސަލަ
- ޖިންސީ ކުށްތަކުގެ 108 މައްސަ
- ފޭރުމުގެ 76 މައްސަލަ
- އޮޅުވާލުމާއި މަކަރާއި ހީލަތް ހެދުމުގެ 21 މައްސަލަ

ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ ޖަނަވަރީ މަހުއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖަނަވަރީ މަހު 1,108 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. ފެބުރުވަރީ މަހު ރިޕޯޓުކޮށްފައިވަނީ 953 މައްސަލަ ރިޕޯޓް ކޮށްފައިވެއެވެ. އަދި މާރިޗު މަހު 966 މައްސަލަ، އެޕްރީލް މަހު 874 މައްސަލަ އަދި މިދިޔަ މޭ މަހު 1،049 މައްސަލަ ރިޕޯޓްކޮށްފައިވާކަމަށް ދައްކައެވެ. އަދި މި މަހުގެ މިހާތަނަށް ވަނީ 125 މައްސަލައެއް ރިޕޯޓްކޮށްފައި ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މި މުޖުތަމަޢުގައި ހިނގާ އެކްސިޑެންޓުތަކާއި، ވައްކަމުގެ މައްސަލަތަކާއި އަދި މިނޫންވެސް އެހެނިހެން މައްސަލަތައް މަދުކުރުމަށްޓަކައި، ކަމާގުޅޭ ފަރާތްތަކުން އަންނަނީ އަބަދުވެސް އިރުޝާދު ދެމުންނެވެ. އަދި މިކަންކަމަށް އާންމުން ހޭލުންތެރިކުރުމަށް ތަފާތު ހަރަކާތްތައް ދޭތެރެ ދޭތެރެއިން ދަނީ ހިންގަމުންނެވެ.