ކުޅިވަރު

ވޯލްޑް ކަޕް ކުޅެން އެމެރިކާ އަށް ވުރެ ރަނގަޅީ ޕެރޫ: ޕޯޕް


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުޅެން އެމެރިކާ އަށް ވުރެ ޕެރޫ ވެސް މާ ރަނގަޅު ކަމަށް ނަސާރާދީނުގެ އިސް ފާދިރީ ޕޯޕް ލިއޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ ކުޅިވަރާއި އޭނާއާ އޮތް ގުޅުމާ ބެހޭ ގޮތުން އިންޓަވިއުއެއްގައި ކުރި ސުވާލަށް ޖަވާބު ދެމުންނެވެ. ޕޯޕް އަކީ އެމެރިކާގެ ޗިކާގޯ އަށް އުފަންވި މީހެކެވެ. އެކަމަކު އޭނާ 20 ވަރަށް އަހަރު ޕެރޫގައި އުޅުނެވެ.

ހުސްވި އަހަރު ރެކޯޑް ކުރި ކަމަށްވާ އިންޓަވިއުގައި އެމެރިކާ އާއި ޕެރޫ ކުރެ ވޯލްޑް ކަޕުގައި ސަޕޯޓް ކުރާ ކޮން ޓީމަކަށްތޯ އެހުމުން އޭނާ ބުނީ ޕެރޫ އަށް ކަމަށެވެ.

"ތިޔައީ ވަރަށް ރަނގަޅު ސުވާލެއް. އަހަރެން ޔަގީނުން ވެސް ނަގާނީ ޕެރޫ،" ޕޯޕް ބުންޏެވެ.

އިރާނާ ދެކޮޅަށް އެމެރިކާ ކުރާ ހަނގުރާމައާ ހެދި ރައީސް ޑޮނަލްޑް ޓްރަމްޕަށް ފާޑުކިއުމުން ޓްރަމްޕްގެ ހިތްހަމަ ނުޖެހުން ޕޯޕަށް އަމާޒުވި އެވެ. އަދި ބަހުގެ ހަމަލާ ވެސް ދިނެވެ.

ޕެރޫ އާއި އެމެރިކާ ކުރެ ޕެރޫ އިހްތިޔާރު ކުރިއިރު އެ ގައުމަކީ އަންނަ މަހު ފަށާ ވޯލްޑް ކަޕުގައި ނުކުޅޭ ގައުމެއްކަން ޕޯޕަށް ނޭނގޭ ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.

ދެކުނު އެމެރިކާ ކޮލިފައިންގައި ކުޅުނު 10 ޓީމުގެ ތެރެއިން ޕެރޫ ދިޔައީ ނުވަ ވަނަ އަށެވެ. ކުޅުނު 18 މެޗުން އެ ޓީމަށް ލިބުނީ 12 ޕޮއިންޓެވެ.

އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ފަށާ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕެވެ. މި ފަހަރުގެ މުބާރާތުގައި 48 ގައުމު ވާދަ ކުރެ އެވެ.