ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ ވިންގަ ސާގް ނޭބްރީ އަށް ކުރިއަށް އޮތް ވޯލްޑް ކަޕް ނުކުޅެވޭނެކަން އޭނާ ޔަގީން ކޮށްދީފި އެވެ.
އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ އަށް އަނިޔާވީ މިދިޔަ ހަފުތާގަ އެވެ. ކަނާތު ފައިގެ މަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް ދިގު މުއްދަތެއްގައި ނުކުޅެ ހުންނަން ޖެހޭނެ އެވެ.
"މިދިޔަ ދެތިން ދުވަސް މި ދިޔައީ އަހަރެންނަށް ކުޅެވޭނެތޯ ބެލުމުގެ މަރުހަލާގައި. ބަޔާން ބުންޑަސް ލީގާ ކާމިޔާބު ކުރި ނަމަވެސް މި ސީޒަނުގައި އަދި ގިނަ މެޗުތަކެއް ކުޅެން އެބަހުރި. ދެން އަހަރެންނަށް ވޯލްޑް ކަޕުގެ ހުވަފެން މިހާރު ނިމިއްޖެ. އަހަރެންނަށް ނުކުޅެވޭނެ. އެހެން މީހުން ފަދައިން އަހަރެން ވެސް ޓީމަށް ސަޕޯޓް ކުރާނީ ގޭގައި އިނދެގެން. މިވަގުތަކީ އަހަރެންގެ ފަރުވާ އަށް ސަމާލުކަން ދޭންވީ ވަގުތު،" ނޭބްރީ ބުންޏެވެ.
ކުރިން އާސެނަލް އަށް ވެސް ކުޅުނު ނޭބްރީ އަކީ ޖަރުމަނުގެ ކޯޗު ހޫލިއަން ނާގެލްސްމަންގެ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. މި ގޮތުން އޭނާ ވަނީ މާޗު މަހު ކުޅުނު ރަހުމަތްތެރިކަމުގެ ދެ މެޗުގައި ވެސް ފުރަތަމަ 11ގައި ފަށާފަ އެވެ.
ނޭބްރީ ވަނީ މި ސީޒަނުގައި މިހާތަނަށް އަށް ގޯލު ޖަހައި ހަތް ގޯލެއް ޖަހަން މަގު ފަހިކޮށްދީފަ އެވެ.