2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދުވި މީހުންގެ ޢަދަދު 72،000އަށްވުރެ މައްޗަށް އުފުލިއްޖެއެވެ.
ފާއިތުވި ހަފްތާތަކުގައި ޔަހޫދީން ވަނީ ޣައްޒާއަށް ދެމުންދާ ޙަމަލާތައް އިތުރުކޮށްފައެވެ. އަދި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުން ފެންނަމުންދާ ހަށިތަކުގެ ޢަދަދު ވެސް ވަނީ އިތުރުވެފައެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ ޝަހީދުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު 72،549އަށް އަރާފައިވާ ކަމަށާއި، ޒަޚަމްވި މީހުންގެ ޢަދަދު 172،274އަށް އުފުލިފައިވާ ކަމަށެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޝަހީދުވެފައިވާ އަށް މީހެއްގެ ހަށިގަނޑާ ޞިއްޙީ އިދާރާތަކުން ޙަވާލުވެފައިވެއެވެ. އަދި ޒަޚަމްވެފައިވާ 24 މީހަކު ވެސް ފަރުވާ ދިނުމަށް ޞިއްޙީ މަރުކަޒުތަކަށް ގެންގޮސްފައިވެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 11ވަނަ ދުވަހު ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް ނަމެއްގައި ޢަަމަލުކުރަން ފަށާފައިވާ ނަމަވެސް، އެއްބަސްވުން ޤާއިމްކުރި ފަހުން ވެސް ޔަހޫދީން މިހާތަނަށް ޣައްޒާގައި 773 މީހުން ޝަހީދުކޮށްލައި، 2،171 މީހުން ޒަޚަމްކޮށްލާފައިވެއެވެ. އެ މުއްދަތުގައި 761 ހަށިގަނޑު އިމާރާތްތަކުގެ ދަށުން ނަގާފައިވެއެވެ. އަދިވެސް ގިނަ ޢަދަދެއްގެ ހަށިތައް އިމާރަތްތަކުގެ ދަށުައި ތާށިވެފައި، އަދި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ މީހުންނަށް ނުފޯރޭ ސަރަޙައްދުތަކުގައި އެބަހުއްޓެވެ.