ޚަބަރު

ދިހަ ދުވަހުގެ މުއްދަަތަކަށް ލުބުނާނަށް ޙަމަލާ ދިނުން މެދުކަނޑާލަނީ


ޔަހޫދީން ލުބުނާނަށް ދެމުންދާ ޙަމަލާތައް ދިހަ ދުވަހުގެ މުއްދަތަށް މެދުކަނޑައިލުމަށް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރައްވައިފިއެވެ.

ޓްރަމްޕް ވިދާޅުވީ ޖީއެމްޓީ ގަޑިން ފަހެއް ޖަހާއިރު ލުބުނާނާއި ޔަހޫދީންނާ ދެމެދު ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރަން ފަށާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ދުވަހެއްގައި ކަމެއް އޭނާ ތަފްޞީލްކޮށްދެއްވާފައެއް ނުވެއެވެ.

ޓްރުތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ އެ މަނިކުފާނާއި ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ލުބުނާނުގެ ރައީސް ޖޫޒީފް ޢޫންއާ ދެމެދު ރަނގަޅު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އިތުރު މަޝްވަރާތައް ކުރުަމަށް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޔަހޫދީ އަދި ލުބުނާނުގެ އިސްވެރިންނަށް ދަޢުވަތު އަރުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ދެ ބައި މީހުންގެ މެެދުގައި ދާއިމީ ގޮތަކަށް ޞުލްޙަ ޤާއިމް ކުރުމަށް މަސައްކަތް ކުރުމަށް އެމެރިކާގެ އިސްވެރިންނަށް އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.