ކުޅިވަރު

އިންޑިޔާގައި ކުޅޭތީވެ ޕާކިސްތާން ސާފް ޗެމްޕިއަންޝިޕް ބޮއިކޮޓް ކޮށްފި


އިންޑިޔާގައި އަށް ނުދާންވެގެން ސާފް ޗެމްޕިއަންޝިޕް އަންހެނުންގެ މުބާރާތް ޕާކިސްތާނުން ބޮއިކޮޓް ކޮށްފި އެވެ.

މުބާރާތް ޝެޑިއުލް ކޮށްފައިބަނީ އަންނަ މަހުގެ 25 އިން ޖޫން ހަތް ދުވަހަށެވެ. މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމެވެގެން މިހާތަނަށް ހަފުތާއެއް ފާއިތުވިއިރު އެއްވެސް ޖަވާބެއް ނުދޭ ސާކުގެ ހަތްގައުމުގެ ތެރެއިން ހަމައެކަނި ގައުމަކީ ވެސް ޕާކިސްތާނެވެ.

"ޕާކިސްތާނުން ބައިވެރި ނުވާނެ. އެކަމަކު ރަސްމީ ސިފައެއްގައި ޖަވާބެއް ދީފައި ނެތް. އެކަމަކު މިހާރު ބައިވެރިވުމުގެ މުއްދަތު ފާއިތުވެގެން ހަފުތާއެއް ވެއްޖެ. މިހެންވެ ފެނިގެން މިދަނީ ޕާކިސްތާން ސަރުކާރުން އިންޑިޔާ އަށް ދާން ޓީމު ފޮނުވަން ބޭނުންނުވާކަން،" ސާފުގެ އޮފިޝަލަކު އިންޑިޔާގެ މީޑިޔާތަކަށް ވިދާޅުވި އެވެ.

އިންޑިޔާ އާއި ޕާކިސްތާނުގެ ގުޅުން ގޯސްވެފައިވަނީ ސިޔާސީ އަރައިރުންތަކާހުރެ އެވެ. މި ގޮތުން ދެ ގައުމުގެ ވެސް އެއްވަނަ ކުޅިވަރު ކަމަށްވާ ކްރިކެޓްގައި އެއް ގައުމު އަނެއް ގައުމަށް ދިއުމަށް ދެކޮޅު ހަދާތާ އެތައް އަހަރެއް ވެއްޖެ އެވެ. އެންމެ ފަހުން މިދިޔަ އަހަރު ބޭއްވި ޓުވެންޓީ20 ކްރިކެޓް ވޯލްޑް ކަޕުގައި ވެސް އިންޑިޔާގެ މެޗު ބޮއިކޮޓް ކުރަން ޕާކިސްތާން ނިންމި އެވެ. އެ މެޗު ކުޅުނީ ފަހުން ވަރަށް ގިނަ މަޝްވަރާތަކަށް ފަހު އެވެ.

ޕާކިސްތާން ބައިވެރިނުވާތީވެ ސާފް ޗެމްޕިއަންޝިޕުގައި ބައިވެރިވާ ގައުމުތަކުގެ އަދަދު ވަނީ ފަހަކަށް ތިރިވެފަ އެވެ. އެއީ ނޭޕާލްގެ ފުޓްބޯޅަ އެސޯސިއޭޝަން ފީފާއިން ސަސްޕެންޑްކޮށްފައިވާތީ އެވެ. މިވަގުތު މުބާރާތުގައި ބައިވެރިވާނެކަން ޔަގީންވެފައިވަނީ އިންޑިޔާ އާއި ބަނގްލަދޭޝް އާއި ސްރީލަންކާ އާއި ބޫޓާނާއި ދިވެހިރާއްޖެ އެވެ.