އިރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ފެށި ހަނގުރާމައިގެ ސަބަބުން ނުކުޅެވުނު އޭޝިއަން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ މެޗުތައް ސައޫދީ އަރަބިއާގެ ޖިއްދާގައި ކުޅެން އޭއެފްސީން ހަމަޖައްސައިފި އެވެ.
މި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ގައުމުތަކަށް ދަތުރު ކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ނުކުޅެވުނީ ހަތަރު މެޗެކެވެ. ކުރިން ހޯމް އެންޑް އަވޭ އުސޫލުން ކުޅެން ހަމަޖެހިފައި އޮތް މެޗުތައް ފަސް ވުމުގެ ސަބަބުން މިހާރު ނިންމާފައިވަނީ އެންމެ މެޗަކުން ނަތީޖާ ކަނޑައަޅާ ގޮތަށެވެ.
ނުކުޅެވިދިޔަ މެޗުތަކަކީ ދިފާއީ ޗެމްޕިއަން އަލް އަހްލީ އާއި ގަތަރުގެ އައް ދުހައިލްގެ މެޗާއި ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކުރި ޔޫއޭއީގެ އަލް ހިލާ އާއި އަލް ސާދު ކުޅެން އޮތް މެޗާއި ޔޫއޭއީގެ ޝަބާބް އަލް އަހުލީ އާއި އިރާނުގެ ޓްރެކްޓާ އެފްސީ އާއި އަލް ވަހްދާ އާއި ސައޫދީ ފްރޯ ލީގުގެ ޗެމްޕިއަން އަލް އިއްތިހާދުގެ މެޗެވެ.
މި މެޗުތައް މިހާރު ކުޅެން ހަމަޖައްސާފައިވަނީ އޭޕްރީލް 13 އަދި 14 ވަނަ ދުވަހު އެވެ. މީގެ އިތުރުން މި މުބާރާތުގެ ކުއާޓާ ސެމީ ފައިނަލާއި ފައިނަލް ވެސް މެޗު ކުޅެން ހަމަޖއްސާފައިވަނީ ސެންޓްރލައިޒް އުސޫލުން ސައޫދީގަ އެވެ.
ހަނގުރާމައިގެ ސަބަބުން ޔޫއޭއީ ފަދަ ގައުމުތަކުން ވަނީ ކުޅިވަރު މުބާރާތްތައް ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.