ޚަބަރު

އެމްބިއުލާންސަށް ޖާގަ ނުދިނުމުން ލައިސަންސް ހިފަހައްޓައި ޖޫރިމަނާކޮށްފި


  • ޑްރައިވަރު 750 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި

މާލޭގައި އެމްބިއުލާންސަކަށް ޖާގަ ނުދިން ޕިކަޕް ޑްރައިވަރު ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފިއެވެ.

ފުލުހުން ވިދާޅުވީ ޕިކަޕް ދުއްވި ޑްރައިވަރު ހާޒިރުކޮށް ފިޔަވަޅު އަޅާފައިވާކަމަށެވެ. އެގޮތުން ޑްރައިވަރު 750 ރުފިޔާއިން ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުން، އެ ޕިކަޕް މަޑުކޮށްފައި އޮތުމުން އެމްބިއުލާންސާއި އެހެން ވެހިކަލްތަކަށް ވެސް ކުރިއަށް ނުދެވި ޓްރެފިކް ވަނީ ތޮއްޖެހިފައެވެ.

ޕިކަޕުގެ ފަހަތުގައި އޮވެ އެމްބިއުލާންސުން ސައިރެން އަޅަމުން ދިޔައިރު ވެސް ޕިކަޕު ހުއްޓައިގެން އޮތީ މުދާ ބާލާށެވެ.