ރަމަޟާން މަހު ވިޔަފާރިވެރިންނަށް ކުރިމަތިވާ އުނދަގޫތަކަށް އެދެވޭ ހައްލެެއް ގެނެސްދޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ މުދާ އިމްޕޯޓްކުރާ ފަރާތްތަކާއި މުދާ ވިއްކާ ފަރާތްތަކާ ބައްދަލުކުރައްވާފައެވެ.
އިޤްތިޞާދީ ވުޒާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ރަމަޟާން މަހު ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ އެކަށީގެންވާ މިންވަރަށް ލިބޭނެކަން ކަށަވަރުކުރުމަށާއި، ތަކެތީގެ އަގުތައް ހިފެހެއްޓުމާ ގުޅޭގޮތުންނެވެ.
Minister @em_saeed continues consultations with importers, retail market representatives, and relevant government stakeholders to review the business environment and advance preparations for Ramadan. Discussions remain focused on ensuring adequate supply, price stability, and… pic.twitter.com/xWauxbsE8Q
— Ministry of Economic Development and Trade (@MoEDmv) February 15, 2026
މި ބައްދަލުކުރެއްވުމުގައި ބައިވެރިވި ވިޔަފާރިވެރިން ވަނީ ރަމަޟާން މަހު މުދާ އެތެރެކޮށް ކްލިއަރ ކުރުމުގައި ދިމާވާ ދަތިތައް ހިއްސާކުރައްވާފައެވެ. އަދި ވަޒީރު ސަޢީދު ވަނީ މި ދަތިތަަކަށް އެދޭވެ ހައްލެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމަކީ، މި ރަމަޟާން މަހުވެސް އާންމު ރައްޔިތުންނަށް ދަތިކަމެއް ނެތި ޒަރޫރީ މުދާ ލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްދާ ސިލްސިލާ ބައްދަލުވުންތަކެއް ކަމަށެވެ.
މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް މުދާ ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ނައްތާލައި، ހަރުދަނާ ނިޒާމެއްގެ ދަށުން މުދާ ބެހުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުންވެސް މި ބައްދުކުރެއްވުމުގައި މަޝްވަރާކުރެވިފައިވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
މީގެ އިތުުރުން، މަސައްކަތްތަކުގެ ސަބަބުން ދައުލަތާއި އަމިއްލަ ސެކްޓަރާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެ، ބާޒާރުގެ ހަމަޖެހުން ދެމެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.