72 މީހުންނާއެކު ދަތުރުކުރި ފެރީއެއް އެނބޫދޫ ފަރަށް އަރައިގެން، ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 11:24 ހާއިރުކަމަށެވެ.
މާލެއިން، މާފުއްޓަށް ދަތުރުކުރި މި ފެރީ އެނބޫދޫ ފަރަށް އަރާފައިވަނީ އިންޖީނު ހުއްޓިގެނެވެ.
ފެރީގައި ދަތުރުކުރި އެންމެން ރައްކާތެރިކަމާއެކު ސަލާމަތްކޮށްފައިވާކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ވިދާޅުވިއެވެ.
މި އުޅަނދުން ދަތުރުކޮށްފައިވަނީ 67 ފަތުރުވެރިންނާ، 3 ދިވެހިން އަދި 2 ބިދޭސީންނެވެ.
އުޅަނދު ފުންކުރުމުގެ މަސައްކަތް އުޅަނދުގެ ވެރިފަރާތުން އަންނަނީ ކުރަމުންނެވެ.