ކުރީގެ ކޯޗު އޮލޭގަޔާ ސޯލްޝަޔާ ފަހަތަށްލައި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަން މައިކަލް ކެރިކް ޔަގީންކޮށްފި އެވެ.
ނަމަވެސް މި ސީޒަން ނިމެންދެން ޔުނައިޓެޑްގެ ކޯޗުކަން އޭނާ އަށް ދިންކަން ޔުނައިޓެޑުން އިއުލާނު ކުރާނީ ކެރިކްގެ ކޯޗިން ޓީމު މުޅިން ފައިނަލް ވުމުންނެވެ.
ކެރިކް އަކީ ކުރިން ޔުނައިޓެޑްގައި އެސިސްޓެންޓް ކޯޗުކަން ކުރި ކޯޗެކެވެ. އަދި އޭނާ ވަނީ ޝޯލްޝަޔާ މަގާމުން ވަކިކުރުމުން ރަލްފް ރަގްނިކް މަގާމާ ހަވާލުވަންދެން ވަގުތީ ވެސް ގޮތުން ވެސް ޓީމާ ހަވާލުވެފަ އެވެ. އޭގެ ފަހުން ކެރުކް ފެނުނީ މިޑްލްސްބަރާއިންނެވެ. އެ ޓީމުގައި ފުރަތަމަ ސީޒަނުގައި ރެލިގޭޝަން ޒޯނުން ޓީމު ވަނީ ޕްލޭއޯފަށް ކޮލިފައިކޮށްދީފަ އެވެ.
ޔުނައިޓެޑްގެ ކޯޗުކަމުން ރުބެން އަމޮރިމް ވަކިކުރުމުން ކޯޗުކަމާ ހަވާލުވާ ކެރިކަށް މިހާރު ދީފައިވާ ޓާސްޓަކަކީ ކުރިއަށް އޮތް ސީޒަނުގެ ޔޫރަޕުގެ މުބާރާތަކަށް ޔުނައިޓެޑް ކޮލިފައިކޮށްދިނުމެވެ. މިވަގުތު ޔުނައިޓެޑް އޮތީ 32 ޕޮއިންޓާއެކު ހަތްވަނާގަ އެވެ.
ކެރިކް އަކީ ޔުނައިޓެޑްގައި އިނގިޭސި ޕްރެމިއާ ލީގު ކާމިޔާބު ކުރި ކުޅުންތެރިއެކެެވ. 2018 ވަނަ އަހަރު ކުޅުން ހުއްޓާލުމުގެ ކުރިން އޭނާ ވަނީ ޔުނައިޓެޑަށް 2006 އިން ފެށިގެން ކުޅެދީފަ އެވެ. މި މުއްދަތުގައި އެލެކްސް ފާގަސަންގެ ކޯޗުކަމުގައި ޕްރެމިއާ ލީގު ފަސް ފަހަރު އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި އެވެ.