ލ. ގަމުގެ އިރުން "އިންޓަރގްރިޓީ ސްޓަރ" ނަމަކަށް ކިޔާ ކާގޯ ބޯޓެއް އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށް އެންއެމްޑީއެފްއިން އިލްތިމާސްކުރައްވައިފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ މި ބޯޓު އޮޔާދަނީ ލ. ގަމުގެ އިރުން ގާތްގަނޑަކަށް 48 މޭލު ބޭރުން އުތުރުން ދެކުނަށްކަމަށެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ޚާއްޞަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދިފައިވެއެވެ.
މި ދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ، ދަތުރުފަތުރުކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.