ސައޫދީ އަރަބިއާގެ ކުލަބުތަކުން ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހް ގަތުމަށް މަސައްކަތް ކުރަން އެ ލީގުގެ ޗީފް އެގެޒެކެޓިވް އޮބަރް މުގާބިލް ގޮވާލައިފި އެވެ.
އޭނާ މިފަދައިން ވިދާޅުވީ ލިވަޕޫލާ މައްސަލަ ޖެހިފައި ހުރި މިސުރުގެ ފޯވަޑާ ބެހޭ ގޮތުން ސައުދީ މީޑިއާތަކުން ސުވާލު ކުރުމުންނެވެ.
"ޝައްކެއްވެސް ނެތް އޭނާ އަކީ މި ލީގުން ޝައުގުވެރިވާ ކުޅުންތެރިއެއް. އޭނާ އަކީ މޮޅު ކުޅުންތެރިއެއް. އެކަމަކު އޭނާ ގެނައުމުގެ ކަންކަމުގައި އުޅެންވާނީ ކުލަބުތަކުން. އެމީހުންނަށް މިހާރު އެ މަސައްކަތް ކުރެވިދާނެ،" މުގާބިލް ވިދާޅުވި އެވެ.
ސައޫދީ އަރަބިއާގެ އަލް އިއްތިހާދުން ވަނީ 2023 ވަނަ އަހަރު ސަލާހް ގަތުމަށް 150 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ. ނަމަވެސް އެ ފަހަރު ލިވަޕޫލުން ވަނީ އެކަމަށް ނޫނެކޭ ބުނެފަ އެވެ.
މިހާރު ވެސް އަލް އިއްތިހާދާއި، އަލް ގަދްސިއާ އަދި ނިއޯން ފަދަ ކުލަބުތަކުން ސަލާހް ގަތުމަށް ޝައުގުވެރިވެ އެވެ. އަދި އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ މިހާރު ހުރީ ވަރަށް ބޮޑަށް ލިވަޕޫލް ދޫކޮށްލަން ބޭނުންވެފަ އެވެ. ސަބަބަކީ އޭނާ އާއި ކޯޗު އާނޭ ސްލޮޓާ ދެމެދު މައްސަލަޖެ ޖެހި ބެންޗުގައި އިންނަން ޖެހިފައިވުމެވެ.
ސަލާޙް ބުނީ ލިވަޕޫލުން އޭނާ ބަސް ދަށަށް އެއްލާލައިފި ކަމަށެވެ. އަދި އޭނާ ފަދަ ލިވަޕޫލަށް ހިދުމަތްތަކެއް ކޮށްދީފައިވާ ކުޅުންތެރިއަކު ބެންޗުގައި އިންނަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި ކޯޗާއި ކުލަބާއެކު މައްސަލަ ހައްލު ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށެވެ.
ނަމަވެސް ސްލޮޓް ވަނީ އޭނާ އާއި ސަލާހް މައްސަލަ ޖެހި، އެކަން ހައްލު ނުވެފައި ނެތް ކަމަށާއި ސަލާހްގެ ވާހަކަތަކުން ވަރަށް ބޯޑަށް ހައިރާން ވެއްޖެ ކަމަށެވެ.