ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މާލޭގެ މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވާ ބައްދަލުވުން މާދަމާ ރޭ އޮންނާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އޮންނާނީ މާދަމާ ރޭ 20:30ގައި، ތާޖުއްދީން ސްކޫލްގައި ކަމަށެވެ. މާފަންނުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމަށްވަނީ ދަޢުވަތު އަރުއްވާފައެވެ.
ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ…
— Heena Waleed (@MvSpokesperson) December 3, 2025
ރައީސުލްޖުމްހޫރިއްޔާގެ މިބައްދަލުވުންތަކަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރަން ބޭނުންވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކެކެވެ.
މިބައްދަލުވުންތަކުގައި ރައްޔިތުން ބޭނުންވާ ކަންކަން ސީދާ ރައީސަށް ހުށައެޅުމުގެ ފުރުޞަތު ލިބެއެވެ.
ހުރިހާ އަވަށްތަކުގައި ވަކިވަކިން ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފަވާއިރު، މިހާތަނަށް ވަނީ ވިލިމާލެ އަދި މައްޗަންގޮޅިގެ ރައްޔިތުންނާއެކު ބައްދަލުވުން ކުރިއަށް ގެންދަވާފައެވެ.
މި ބައްދަލުވުންތަކުގައ ރައްޔިތުންވަނީ، ގިނަ ޚިޔާލުތަކަކާއޮ ކަންބޮޑުވުންތަކެއް ރައީސަށް ހުށައަޅާފައެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް އަދި މާލެ ސަރަޙައްދަށް ޢަމާޒުކޮށް ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަސައްކަތްތަކުގެ ތަފްސީލްތައް މިބައްދަލުކުރެއްވުމުގައި ޙިއްސާކުރައްވާފައެވެ.