15 ބައިވެރިންނާއެކު ވޮލީބޯޅަ ކޯޗިން ކޯސް އައްޑޫ މީދޫގައި ފަށައިފިއެވެ.
މި ކޯހަކީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ނެޝަނަލް އިންސްޓްޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އާއި އައްޑޫ ސިޓީ ކައުންސިލާއި، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ.
މިކޯސް ކުރިއަށްދާނީ ނޮވެމްބަރުމަހުގެ 30އިން މިމަހުގެ 10ވަނަ ދުވަހުގެ ނިޔަލަށެވެ. މިކޯހުގެ ބައިވެރިންނަށް ކިޔަވައިދެއްވާނީ ވޮލީބޯޅައިގެ ތަޖުރިބާކާރު ޓްރެއިނަރެއްކަމަށްވާ އިސްމާޢީލް ރިފާޢުއެވެ.
ވޮލީބޯލް ކޯޗިން ކޯސް ކާމިޔާބުކަމާއެކު ނިންމާ ފަރާތްތަކަށް ސެޓްފިކެޓާއި، ވޮލީ ކޯޗުންނަށްވުމުގެ ފުރުސަތު ހުޅުޥޭނެކަމަށް ކުޅިވަރު ވުޒާރާއިން މައުލޫމާތުދެއެވެ.
އެމްއެންއައިއެސްއިން މިހާތަނަށް އެކި ކުޅިވަރުންތަކުންވަނީ 252 ކޯޗުން ތަމްރީނުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 110 ހޭންޑްބޯޅަ ކޯޗުންނާއި، 103 ފުޓްބޯޅަ ކޯޗުންނާއި 16 ފުޓްސަލް ކޯޗުންގެ އިތުރުން 23 ބާސްކެޓް ކޯޗުންނެވެ. ކުޅިވަރާ ބެހޭ ވުޒާރާގެ އަމާޒަކީ މިދާއިރާއިން ގިނަ އަދަދަކަށް މީހުން ތަމްރީނުކޮށް ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް މަސައްކަތްކުރާ ކޯޗުންނަކީ ދިވެހިންނަށް ހެދުމެވެ.