ޔުކްރޭން 4-0އިން ބަލިކޮށް ފްރާންސް އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ހޯދައިފިއެވެ.
އަމިއްލަ ދަނޑުގައި ފްރާންސް މޮޅުކޮށްދޭން ދެ ގޯލު ޖަހައިދިނީ ރެއާލް މެޑްރިޑްގެ ފޯވަޑް ކީލިއަމް އެމްބާޕޭ އެވެ. މީގެ ތެރެއިން ފްރާންސްގެ ކެޕްޓަން ޖެހި އެއް ލަނޑަކީ ޕެނަލްޓީ އެކެވެ. ލިވަޕޫލްގެ ފޯވަޑް ހޫގޯ އެކިޓިކޭ ފުރަތަމަ ފަހަރަށް ފްރާންސަށް ގޯލު ޖަހައިދިންއިރު ބަޔާންގެ މިއުނިކްގެ މައިކަލް އޮލީސޭ ވެސް ވަނީ ގޯލު ޖަހައިފަ އެވެ.
މި ނަތީޖާއާއެކު ބާކީ އެއް މެޗު އޮއްވައި ފްރާންސް ކޮލިފައިވީ 13 ޕޮއިންޓް ހަމަކޮށްގެންނެވެ. މި ގްރޫޕުގައި ދެން ހިމެނޭ ތިން ޓީމަށް ވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. މިހެންވެ ކޮލިފައިންގެ ފަހު މެޗުގައި އަޒަރަބައިޖާން އަތުން ބަލިވިޔަސް ފްރާންސް ނުކަޓާނެ އެވެ. ގްރޫޕުގެ ދެ ވަނަ އަށް ވާދަ ކުރާނީ ޔުކްރޭނާއި އައިސްލޭންޑެވެ.