ކުޅިވަރު

ކޮންގޯ އަރައި ކެމަރޫން ކަޓުވާލައިފި


އެފްރިކާގެ ފުޓްބޯޅައިގެ ގަދަ ބާރު ކެމަރޫން، ކޮންގޯ އަތުން 1-0އިން ބަލިވެ އަންނަ އަހަރުގެ ވޯލްޑް ކަޕުން ކަޓައިފި އެވެ. އަދި ޕްލޭއޯފްގެ ފައިނަލުން ނައިޖީރިއާ ޖާގަ ހޯދައިފިއެވެ.

މޮރޮކޯގައި ކުރިއަށްދާ އެފްރިކާގެ ޕްލޭއޯފްގައި ކެމަރޫން ބަލިވީ އެންމެ ފަހު މިނިޓްގައި ކޮންގޯގެ ޗެންސެލް އެމްބެމްބާ ޖަހައިދިން ގޯލުންނެވެ. މިއީ ފަސް ފަހަރު މުބާރާތުގައި ކުޅެފައިވާ ކެމަރޫނަށް ކުރިމަތިވި ވަރަށް ބޮޑު ނާކާމިޔާބީ އެކެވެ.

ނައިޖީރިއާ މޮޅުވީ ފަސޭހަކަމާއެކު ގެބޯން އަތުން 4-1އިންނެވެ. މީގެ ތެރެއިން ދެ ލަނޑު ޖެހީ މަޝްހޫރު ފޯވަޑް ވިކްޓަރ އޮސިމްހެންއެވެ.

މި ދެ މެޗުން މޮޅުވި ދެ ގައުމު ޕްލޭއޯފްގެ ފައިނަލް މެޗުގައި ވާދަކުރާނީ ނޮވެމްބަރު މަހުގެ 16ވާ އާދިއްތަ ދުވަހު އެވެ. ފައިނަލް މެޗުން މޮޅުވާ ޓީމަކަށް ވޯލްޑް ކަޕުން ޖާގަ ލިބޭނީ އިންޓަކޮންޓިނެންޓަލް ޕްލޭއޯފްގައި ވާދަކުރަން ޖެހޭ މެޗުން މޮޅުވެގެންނެވެ.

އަންނަ އަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ވޯލްޑް ކަޕުގައި 48 ގައުމު ވާދަކުރާނެ އެވެ. މީގެ ތެރެއިން އެފްރިކާ އަށް ލިބިފައިވާ 10 ޖާގަ އަށް މިހާތަނަށް ވަނީ ނުވަ ގައުމެއް ކޮލިފައިވެފަ އެވެ. އެއީ އަލްޖީރިއާ އާއި ކޭޕްވާޑޭ، މިސުރު، ގާނާ، އައިވަރީ ކޯސްޓް، މޮރޮކޯ، ސެނެގާލް، ސައުތު އެފްރިކާ އަދި ޓިއުނީޝިއާ އެވެ.