ޚަބަރު

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ މައްޗަށް ބަންގްލަދޭޝް ކުރި ހޯދައިފި


  • []

ޓޭބަލް ޓެނިސް މިކްސް ޑަބަލްސް އިވެންޓުގައި ރަފާ އާއި މުންސިފްގެ މައްޗަށް ބަންގްލަދޭޝްގެ އެމްޑީ ޖާވިދު އަދި ސައި މަރުމާ ކުރި ހޯދައިފިއެވެ. ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ކުއަޓަރ ފައިނަލުގައި ކުޅުނު މިމެޗްގައި ބަންގްލަދޭޝްގެ ޕެއަރ ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

ސަޢުދީ ޢަރަބިއްޔާގެ ރިޔާޟްގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ މިކްސް ޑަބަލްސް މެޗްތަށް ކުރިއަށްދަނީ ބެސްޓް އޮފް ފައިވްއަށެވެ. މެޗްގެ ފުރަތަމަ ސެޓް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ރާއްޖެ އަދި ބަންގްލަދޭޝްގެ ޕެއަރއަށްވެސް ލީޑް ނެގޭ ގޮތެއް ނުވިއިރު ވާދަވެރި މިސެޓް ބަންގްލަދޭޝްގެ ޕެއަރއިން ކާމިޔާބުކުރީ 14-12 އިންނެވެ.

މެޗްގެ ދެވަނަ ސެޓްގެ ވަރަށް ކުރީކޮޅުގައި މުންސިފް އަދި ރާފާއިން ލީޑްއެއް ނެގި ނަމަވެސް ބަންގްލަދޭޝްގެ ޖަވީދް އަދި މަރްމާ ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށް 2 ޕޮއިންޓްގެ ލީޑްއެއްވެސް ހޯދާފައެވެ. އެއީ 6-3 އިންނެވެ. ލިބުނު ލީޑާ އެކު ބަންގްލަދޭޝްގެ ޕެއާއިން ލީޑު އިތުރަށް ފުޅާ ކުރިއިރު ރާއްޖެއަށް ރާއްޖޭއަށް ހެދުނު ގިނަ ގޯސްތަކުގެ ސަބަބުން ބަންގްލަދޭޝްގެ ބައެއް ހަމަލާތަށް ހުއްޓުވުމުގައި އުދަގޫތަކާއި ކުރިމަތިވިއެވެ. ފަސޭހަކަމާއެކު ބަންގްލަދޭޝްގެ ޕެއަރއިން މެޗްގެ ދެވަނަ ސެޓް ގެންދިޔައީ 11-5 އިންނެވެ.

މެޗުގެ ތިންވަނަ ސެޓްދިޔައީ ވަރަށް ވާދަވެރިކޮށެވެ. ނަމަވެސް ސެޓްގެ ކުރީކޮޅު ލީޑްގައި އޮވެގެން ކުޅެމުންދިޔައީ ބަންގްލަދޭޝްއިންނެވެ. މިސެޓްގައިވެސް ބަންގްލަދޭޝްގެ ބާރު ހަމާލާތަށް ހުއްޓުވުމުގައި ރާއްޖޭގެ ރަފާ އަދި މުންސިފްއަށް ގިނަ އުދަގޫތަކާއި ކުރިމަތިލާން ޖެހުނެވެ. ސެޓްގެ މެދުތެރެއިން ބަންގްލަދޭޝްގެ ޕެއަރއިން ވަނީ ލީޑް ނަގާފައެވެ. ލީޑުގައި އޮވެ ކުޅެ ބަންގްލަދޭޝްގެ ޕެއަރއިން މިސެޓް ކާމިޔާބުކުރީ 11-8 އިންނެވެ.