ޚަބަރު

ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 15 މިނެޓު


  • ވަޒީރާ ސުވާލުކުރުމަށް 45 މިނެޓުގެ ވަގުތެއް ވަނީ ފާސްކޮށްފައި

  • އަންނަ އަހަރަށް ސަރުކާރުން ވަނީ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ވަނީ ހުށަހަޅާފައި

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 15 މިނެޓުގެ ވަގުތެއް ދޭން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ބަޖެޓުގެ ކަންކަން މަޖިލިހުގައި ކުރިއަށްގެންދާނެގޮތް އާންމުކޮމިޓީން ވަނީ ނިންމާފައެވެ. އެގޮތުން، ބަޖެޓަށް ބަހުސް ކުރުމުގެ ފުރަތަމަ މަރުހަލާގައި ކޮންމެ މެންބަރަކަށްވެސް 15 މިނެޓުގެ ވަގުތެއް ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ބަޖެޓާ ގުޅޭގޮތުން މާލީ ވަޒީރާ ސުވާލުކުރުމަށް 45 މިނެޓުގެ ވަގުތެއް ދިނުމަށްވެސް ވަނީ ފާސްކޮށްފައެވެ. އަދި ބަޖެޓުގެ ރިޕޯޓް ކޮމިޓީން ނިންމައި، ތަޅުމަށް ހުށަހެޅުމުން ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 7 މިނެޓުގެ ވަގުތެއް ދިނުމަށްވެސް އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އަންނަ އަހަރަށް ސަރުކާރުން ވަނީ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅުއްވާފައެވެ. ބަޖެޓް ދިރާސާ ކުރާނީ އެކަމަށް ޚާއްސަ ކޮމިޓީންނެވެ.