ކުޅިވަރު

ރޮނާލްޑޯ އިންޑިޔާ އަށް ނުދިޔަ، އަލް ނަސްރުން ގޯއާ ބަލިކޮށްފި


އޭއެފްސީ ޗެމްޕިއަންސް ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ސައޫދީ އަރަބިއާގެ އަލް ނަސްރުން އިންޑިޔާގެ އެފްސީ ގޯއާ 2-1އިން ބަލިކޮށްފި އެވެ.

ކުރިން ބެލެވިފައި އޮތީ މި މެޗަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ރޮނާލްޑޯ ގެންދާނެ ކަމަށެވެ. ނަމަވެސް އައް ނަސްރުން ބުނީ އެ ކުލަބުން ނިންމާފައިވާނީ ގައުމުން ބޭރުގައި ކުޅޭ ކޮންމެހެން މުހިންމު މެޗުތަކަށް ނޫނީ ރޮނާލްޑޯ ނުގެންދާ ގޮތަށް ކަމަށެވެ. ސަބަބަކީ އޭނާ އަކީ މިހާރު އުމުރުން ދޮށީ ކުޅުންތެރިއަކަށް ވުމުން އަރާމު ކުރުން މުހިންމުވާތީ ކަމަށެވެ.

"އިންޑިޔާ އާއި ވިއެޓްނާމް، އިންޑޮނީޝިއާ ފަދަ އޭޝިޔާގެ ގައުމުތަކުގެ އެތައް ސަޕޯޓަރުންނެއް ތިބީ އޭނާ ދެކި އޭނާއާ އެކު ފޮޓޯ ނަގަން ބޭނުނެވެފައިކަން އަހަރުމެންނަށް އެނގޭ. އެކަމަކު އެންމެ މުހިންމު ކަމަކީ ރޮނާލްޑޯ ގަދަވެ ސަލާމަތުން ހުރުން. އޭނާ އަށް ފައިދާހުރި ގޮތަކީ ކޮންމެހެން ދާން ނުޖެހޭ މެޗުތަކަށް ނުގޮސް އަރާމުކުރަން މަޑުކުރުން. އަހަރުމެން އޭނާ މި މެޗަށް ނުގެންދިޔައީ މިހެންވެ،" އައް ނަސްރު ޓީމުގެ ސްޕޯކްސް ވިދާޅުވި އެވެ.

މި މެޗުގައި އަލް ނަސްރަށް ގޯލު ޖަހައިދިނީ ކަމާރާއި އެންޖެލޯ އެވެ. މި ދެ ލަނޑަށް ފަހު ގޯއާގެ ގޯލު ޖަހައިދިނީ 41 ވަނަ މިނިޓްގައި ބްރިސަން އެވެ.