ޚަބަރު

އއ. ހިމަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށް


  • މި މަޝްރޫޢުގެ އަގަކީ 27.51 މިލިޔަން ރުފިޔާ

  • މަޝްރޫޢު ހަވާލުކޮށްފައިވަނީ 390 ދުވަސް ތެރޭ ނިންމާ ގޮތަށް

އއ. ހިމަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.

މިއަދު މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މި ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަހުމަދު ޝަރީފް ޢަބްދުލް ރަޙުމާން ޔޫސުފެވެ. އިމާރާތްކުރުމާއ،ި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވ،ީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދެވެ.

910 މީހުންގެ އާބާދީއެއް ދިރިއުޅޭ ހިމަންދޫ ބަނދަރު ތަރައްޤީކުރެވުމުން، ހުޅަނގު މޫސުމުގައި ބަނދަރު ބޭނުންކުރުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލު ލިބ،ި އުދަ އެރުމާއ،ި ޑިންގީތައް ލަފައިފުރާނެ ޖާގަ ނުލިބުމުގެ މައްސަލައަށްވެސް ހައްލު ލިބިގެންދާނެކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ.

މި މަޝްރޫޢަކީ 27.51 މިލިޔަން ރުފިޔާއަށް 390 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން، 29,125.29 ކިއުބިކް މީޓަރުގެ ފަޅު ފުންކުރުމާއ،ި 168 މީޓަރުގެ ހިލަ ނެރުގައި ޖެހުމާއ،ި 104 މީޓަރުގެ ހިލަ ރިވެޓްމަންޓެއް ޖެހުމާއ،ި 16 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމާއ،ި 58 މީޓަރުގެ ޖެޓީއެއް ހެދުމުގެ މަސައްކަތް ކުރެވޭނެއެވެ.

ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.