ޚަބަރު

ގާނާގެ ދެ ވަޒީރަކު އަވަހާރަވުމާ ގުޅިގެން ޚާރިޖީ ވަޒީރު ތަޢުޒިޔާ ފޮނުއްވައިފި


  • ގާނާގެ ޚާރިޖީ ވަޒީރު އަވަހާރަވީ މިލިޓަރީ އެއަރކްރާފްޓެއް ވެއްޓުމުގެ ހާދިސާގައި

ގާނާގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި އެޤައުމުގެ ދިފާއީ ވަޒީރާއި ތިމާވެއްޓާ ބެހޭ ވަޒީރުގެ އިތުރު އެހެން އޮފިޝަލުންތަކެއް އަވަހާރަވުމާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވަޒީރު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ތަޢުޒިޔާގެ މެސެޖުގައި ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވީ، ގާނާގެ ޑިފެންސް މިނިސްޓަރ އެޑްވަރޑް އޮމަނެ ބޮއަރމަރ އަދި އެންވަޔަރަންމަންޓް މިނިސްޓަރ އިބްރާހީމް މުރްތަޟާ މުޙައްމަދު އާއި އިތުރު އޮފިޝަލުން ދަތުރުކުރައްވަމުން ގެންދެވި މަތިންދާބޯޓު ވެއްޓި އަވަހާރަވި ހިތާމަވެރި ޚަބަރު އެހީ ފުން ހިތާމައާއެކުގައިކަމަށެވެ. އެކަމުގެ ހިތާމާއިގަ އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ޚާރިޖީ ވަޒީރު ވަނީ އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ.

ގާނާގައި އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި އެޤައުމުގެ ދިފާޢީ ވަޒީރު، އެޑްވާޑް އޮމާނޭ ބުއާމާއާއި ތިމާވެއްޓާއި ސައިންސާއި ޓެކްނޮލޮޖީ ވަޒީރު، އިބްރާޙިމް މުރުތަޟާ މުޙައްމަދު ހިމެނޭގޮތަށް ސަރުކާރުގެ 5 އޮފިޝަލަކު އަވަހާރަވީ މިމަހުގެ 6ވަނަ ދުވަހުއެވެ.

ދިފާޢީ ވަޒީރު ބުއާމާއަކީ މީގެ ކުރިން ގާނާގެ ކޮމިއުނިކޭޝަންސް ވަޒީރުގެ މަޤާމު ވެސް އަދާކުރެއްވި ބޭފުޅެކެވެ. ދިފާއީ ވަޒީރުގެ މަޤާމާ އޭނާ ޙަވާލުވެވަޑައިގަތީ ރައީސް މަހާމާ އަލުން ވެރިކަމަށް ވަޑައިގަތުމުން މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.