ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރިކޯޑު މުޙައްމަދު ރިޙާން ޝިހާމް އައުކޮށްފިއެވެ.
ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް ރިޙާން މި ރިކޯޑު އައުކޮށްފައިވަނީ ދެ މިނެޓު 25.20 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ޤގައުމީ ރިކޯޑު އެންމެ ފަހުން އައުކޮށްފައިވަނީވެސް ރިޙާންއެވެ. އެއީ 2023 ވަނަ އަހަރު ބޭއްވި 19 ވަނަ އޭޝިއަން ގޭމްސްގައި ދެ މިނެޓު 28.17 ސިކުންތުން އިވެންޓު ފުރިހަމަކޮށްގެންނެވެ.