ކުޅިވަރު

ކާވާ ޗެމްޕިއަންސް ލީގު: ބިޝެކެކް ބަލިކޮށް ޒައިކް ފައިނަލަށް


ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025 ގައި ކިރްގިސްތާންގެ ބިޝެކެކް ބަލިކޮށް، މުބާރާތުގެ ފައިނަލްގެ ޖާގައެއް ކަޒަކިސްތާންގެ ޒައިކުން ހޯދާފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗު ޒައިކުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި ނަތީޖާ އެކު ކުޅުނު ފަސް މެޗުން ހޯދި 13 ޕޮއިންޓާ އެކު ޒައިކުން ވަނީ ލީގުގެ އެއްވަނަ ހޯދާ ފައިނަލުން ފުރުސަތު ހޯދާފައެވެ.

މިމެޗުން ބަލި ވިނަމަވެސް ބިޝެކެކަށްވެސް ފައިނަލުގެ ޖާގަ ވަނީ ލިބިފައެެވެ. މިއަދު މެންދުރު ކުޅުނު މެޗު ސެޓުތައް ޒައިކުން ގެންދިޔައީ 25-16 ، 25-22 ، 18-25 އިންނެވެ.

ލީގުބުރު ނިމިގެންދާއިރު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމު މުބާރާތުގައި ފައިނަލުގައި ކުޅޭއިރު ލީގު ބުރުގެ ފަހު މެޗުތަށް ކުޅުމަށް ހަމަޖެހިފަވަނީ މިއަދު އެވެ.

މިމަހުގެ 17 އިން 23 އަށް ކުރިއަށްދާ ކާވާ މެންސް ޗެމްޕިއަންސް ލީގަކީ ކުލަބު ޗެމްޕިންޝިޕުގެ ދެވަނަ ސީރީޒްއެވެ. މިދިޔަ އަހަރު މިމުބާރާތް ނޭޕާލުގައި ކުރިއަށް ގެންގޮސްފައިވާއިރު، ކާވާ މެންސް ޗެމްޕިއަންސް ލީގުގެ ނަމުގައި މިމުބާރާތް ބާއްވާ މިއީ ފުރަތަމަ އަހަރެވެ.