އިމަރޖެންސީގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމަށް ގެންދިޔަ މީހަކު މަރުވި މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 10:10 އެހާކަންހާއިރު އިމަޖެންސީކޮށް އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމަށް ގެންދިޔަ މީހެއް ހޮސްޕިޓަލުގައި ނިޔާވެފައި ވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެގޮތުން ނިޔާވެފައި ވަނީ މއ. ސައިނޯސަރް، އުމުރުން 43 އަހަރުގެ މުޙައްމަދު ރަޝީދެވެ.
މުޙައްމަދު ރަޝީދު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ގޭގެ ކޮޓަރީގެ ތެރޭގައި ވެއްޓިފައި އޮއްވާ ފެނިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެމީހާގެ ހަށިގަނޑު ބޭރު ފުށުން އަނިޔާގެ އެއްވެސް ނިޝާނެއް ފެންނަން ނެތްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.