އައްޑޫ ސިޓީ ހުޅުމީދޫގައި ހިނގި މާރާމާރީގައި އަނިޔާވި މީހާ، ފަރުވާއަށްފަހު ދޫކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ ހުޅުމީދޫގައި ބަޔަކު މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިނގި މައްސަލައެއް ރޭ ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ މި މާރާމާރީގައި އަނިޔާވި މީހާއަށް ސީރިއަށް އަނިޔާއެއް ވެފައި ނުވާކަމަށް 
ފަރުވާ ދިނުމަށްފަހު އޭނާ މިހާރު ވަނީ ދޫކޮށްލާފައިވާ ކަމަށެވެ. 
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.