ތަރައްްޤީ

ޗައިނާގެ އިތުރު ސިޓީއަކަށް މޯލްޑިވިއަންގެ ދަތުރުތައް ފަށައިފި


ޗައިނާގެ އިތުރު މަންޒިލަކަށް މޯލްޑިވިއަންގެ ދަތުރުތައް މިއަދު ފަށައިފިއެވެ.

މޯލްޑިވިއަންއިން މިއަދު ދަތުރުތައް ފެށީ، ޗައިނާގެ ޗެންޑޫ ސިޓީއަށެވެ. ޗެންޑޫއިން ފުރައިގެން ރާއްޖެއަށް އައި މޯލްޑިވިއަންގެ ފްލައިޓް އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސީ، މިއަދު ހެނދުނު 7:30 ގައެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ މޯލްޑިވިއަނުން ޗައިނާގެ ޗެންޑޫއަށް ހަފްތާއަކު އެއް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ދަތުރުތަކުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ  150 މީހުންގެ ޖާގައިގެ ބޯޓަކާއި، 200 މީހުންގެ ޖާގައިގެ ބޯޓެއް ކަމަށް އައިލެންޑް އޭވިއޭޝަނުން މައުލޫމާތުދެއެވެ.

ޗެންޑޫއަކީ މޯލްޑިއަނުން ދަތުރުތައް ފެށި ޗައިނާގެ 7 ވަނަ ސިޓީއެވެ.