ތަރައްްޤީ

އައި.އެސްއިން ކުވެއިތަށް ދޭން އުޅުނު ޙަމަލާތަކެއް ހުއްޓުވައިފި


އައިއެސް ޖަމާޢަތުން ދިނުމަށް ރޭވި ޓެރަރިސްޓް ޙަމަލާތަކެއް ހުއްޓުވާލެވިއްޖެކަމަށް ކުވައިތުން ބުނެފިއެވެ. 

ކުވައިތުގެ ރަސްމީ ނޫސްއެޖެންސީ ކޫނާ ބުނީ ތިންތަނަކަށް ބޮމުގެ ޙަމަލާތައް ދިނުމަށް އައިއެސް އިން ރާވާފައިވާކަމަށާއި އޭގެތެރޭގައި ޝީޢީންގެ މިސްކިތެއްވެސް ހިމެނޭކަމަށެވެ. ނަމަވެސް މިޙަމަލާތައް ދިނުމުގެ ކުރިން މިކަންކުރަން އުޅުނު މީހުން ހައްޔަރުކޮށްފައިވާ ކަމަށް ކުވައިތުގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނެއެވެ. 

ކުވައިތުގެ އާބާދީގެ ގާތްގަނޑަކަށް 15 އިންސައްތަ އާއި 30 އިންސައްތައާ ދެމެދުގެ ޢަދަދެއްގެ މީހުންނަކީ ޝީޢީންނެވެ. އައިއެސް ޖަމާޢަތުން ޙަމަލާދީފާނެކަމަށް ކުވައިތުގެ ތެލުގެ މަރުކަޒުތަކާއި އެނޫންވެސް މުހިންމު ޢިމާރާތްތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.