ޚަބަރު

އެލައިޑްގެ ޗައިލްޑް އެޑިއުކޭޝަން ތަކާފުލް ޕްލޭންގެ ޚާއްސަ ޑިސްކައުންޓެއް


  • ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ނިޔަލަށް

  • ޑިސްކައުންޓް ލިބޭނީ ފުރަތަމަ 50 ކަސްޓަމަރުންނަށް

އެލައިޑް އިންޝުއަރެންސްއިން ކުރިއަށްގެންދާ ޗައިލްޑް އެޑިއުކޭޝަން ތަކާފުލް ޕްލޭންގެ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ޗައިލްޑް އެޑިއުކޭޝަން ތަކާފުލް ޕްލޭން ކުރިއަށްގެންދަނީ އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލްއިންނެވެ.

މި ޕްރޮމޯޝަން ކުރިއަށްގެންދަނީ މިމަހުގެ 10 އަކުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންއާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން އަޔާދީ ތަކަފުލްގެ ޑެޕިއުޓީ މެނޭޖަރ ފަރީދާ ސިއްތި ވިދާޅުވީ، ޗައިލްޑް އެޑިއުކޭޝަންގެ މި ފެމިލީ ތަކަފުލްއަކީ އެންމެ މަޤްބޫލް އެއް ޕްލޭންކަމަށެވެ. އަދި ޗައިލްޑް އެޑިއުކޭޝަން ތަކާފުލް ޕްލޭންއަކީ ކުއްޖާގެ މަތީ ތައުލީމަށް ފަންޑެއް ޤާއިމްކުރުމަށް ނެގިގެންދާނެ ޕްލޭނެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޔާދީ ތަކަފުލްގެ ފަރާތުން ކުރިއަށް މިގެންދާ ޗައިލް އެޑިއުކޭޝަން ޕްރޮމޯޝަން ކުރިއަށް މިގެންދަނީ ފުރަތަމަ މަހުގެ ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކާ ފައިސާގެ %50 މިއިންނަނީ ޑިސްކައުންޓެއް ލިބިގެންދާގޮތައް. މެއި 10 އަކުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮމޯޝަންއެއް. މި ޕްރޮމޯޝަން ހުޅުވާލެވިފައި މިވަނީ އެންމެ ފުރަތަމަ ބައިވެރިވާ 50 ކަސްޓަމަރުންގެ މެދުގައި ކުރިއަށްދާގޮތައް." ފަރީދާ ސިއްތި ވިދާޅުވިއެވެ.

ޗައިލްޑް އެޑިއުކޭޝަން ތަކާފުލް ޕްލޭންގައި ބައިވެރިވެވޭނީ އުމުރުން 10 އަހަރުން ދަށުގެ ކުދިންނަށެވެ. އެލައިޑުން ބުނީ މިއީ ކުދިންގެ މަތީ ތައުލީމަށް ފަންޑެއް ޤާއިމްކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްލޭނެއްކަމަށެވެ.

ޕްލޭން ނެގޭނީ ކުއްޖާގެ މަންމަ ނުވަތަ ބައްޕަގެ ނަމުގައި ނޫންނަމަ ބަލަދުވެރި ފަރާތުގެ ނަމުގައެވެ. ކުއްޖާގެ ވީހާވެސް ޅައުމުރުގައި ނަގާނަމަ ޕްލޭނުން ލިބޭ ފައިދާ އިތުރުވާނެކަމަށް އެލައިޑުން ބުނެއެވެ. މި ޕްލޭން ނިމިގެންދާނީ ކުއްޖާގެ އުމުރުން 18 އަހަރުގައެވެ.