ޚަބަރު

ޖަލު ބަލަހައްޓާ އިސް އޮފިސަރުންނަށް ކަރެކްޝަނަލް ލީޑަރޝިޕް ސެމިނަރ އެއް ބާއްވައިފި


  • މި ސެމިނަރ ބައްވާފައިވަނީ މިއަދު

  • ސެމިނާގައި 23 ކޮމިޝަންޑް އޮފިސަރުން ބައިވެރިވި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބްރިޓިޝް ހައި ކޮމިޝަން އާ ގުޅިގެން "ކަރެކްޝަނަލް ލީޑަރޝިޕް ސެމިނަރ" ބާއްވައިފިއެވެ.

މިއީ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ދަށުން އެމްސީއެސްގެ ސީނިއަރ މެނޭޖްމަންޓަށް ހިންގުމަށް ހަމަޖެހިފައިވާ ތިން ލީޑަރޝިޕް ސެމިނަރގެ ފުރަތަމަ ސެމިނަރއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ، މި ސެމިނަރތަކުގެ މައިގަނޑު މަޤްޞަދަކީ ޖަލު ބެލެހެއްޓުމުގެ ދާއިރާ ކުރިއެރުވުމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިސަރުންގެ ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ.

މީގެ ފުރަތަމަ ސެމިނަރގައި ބައިވެރިވެފައި ވަނީ 23 ކޮމިޝަންޑް އޮފިސަރުންނެވެ. އަދި މި ފުރަތަމަ ސެމިނަރގައި ސަމާލުކަން ދީފައިވަނީ "އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް"، "ޕަރސަނަލް ޑިވެލޮޕްމަންޓް ޓު ޑިލިވަރ ޗޭންޖް" އަދި "އިމްޕްލިމެންޓިންގ އަ ޗޭންޖް ޕްރޮޖެކްޓް" އަށެވެ.

ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ، ލީޑަރޝިޕްގެ ދެ ސެމިނަރ މިއަހަރު ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ފަރާތުން މި ސެމިނަރގައި އިސްކޮށް ހަރަކާތްތެރިވީ ޕްރިޒަން ކޮމްޕޯނަންޓް ލީޑް ޑރ. ޝޭން ބްރާޔަންސްއެވެ. މި ސެމިނަރގައި ތަޖުރިބާކާރު ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވީ ޕޯލާ މިލީނޯ، ޑޭވިޑް ވެލްސް އަދި ޓޯނީ ހެސެލްއެވެ.