ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ވަޑައިގަންނަވަނީ


  • މިއީ ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު

  • މިއީ 3 ދުވަހުގެ ދަތުރުފުޅެއް

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

މިމަހުގެ 8 އިން 10 ވަނަ ދުވަހުގެ ނިޔަލަށް ޚާރިޖީ ވަޒީރު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އެމަނިކުފާނު ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެ ޤައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ، ވަޒީރުގެ މި ދަތުރުފުޅުގައި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. އެސް ޖައިޝަންކަރާއި ބައްދަލުކުރައްވާނެކަމަށެވެ. އަދި އެ ބައްދަލުވުމުގައި އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ޒާމާންވީ ގުޅުން އިތުރަށް ހަރުދަނީ ކުރުމާ ގުޅެގޮތުން މަޝްވަރާކުރައްވާނެކަމަށެވެ.