ހަ ރަށެއްގެ ކައުންސިލްތަކުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ކައުންސިލަރުން އައްޔަންކުރުމަށް ބޭއްވި ބައި އިލެކްޝަނުގައި 4 ރަށެއްގެ ބައި-އިލެކްޝަން ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީން ކާމިޔާބުކޮށްފިއެވެ. 
އިލެކްޝަންސް ކޮމިޝަނުން މިއަދު ބައިި-އިލެކްޝަންތައް ބާއްވާފައިވަނީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސް، ހއ. އުތީމު، ނ. ލަންދޫ، ނ. ވެލިދޫ ކައުންސިލްގެ މެންބަރު އަދި ހއ. ތަކަންދޫ، ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށެވެ. 
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރިއަށްގެންދިޔަ ބައި-އިލެކްޝަނުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މ. މަޑުއްވަރީ ކައުންސިލްގެ ރައީސްގެ މަގާމަށް އިންތިޚާބުވެފައިވަނީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރި މުޙައްމަދު ޢާޒިމް ޢަލީއެވެ. 
މި ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ވަނީ ހއ. އުތީމު ކައުންސިލް މެންބަރުކަމުގެ ގޮނޑި އާއި ނ. ވެލިދޫ ކައުންސިލް މެންރުކަމުގެ ގޮނޑީގެ އިތުރުން ހއ. ތަކަންދޫ އާއި ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑި ކާމިޔާބުކޮށްފައެވެ. 
ޕީއެންސީން ވާދަކޮށް ބައި-އިލެކްޝަން ކާމިޔާބުކުރި ކެންޑިޑޭޓުންނަކީ:
		
			
މި ބައި-އިލެކްޝަންގައި އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުކުރެވުނީ ނ. ލަންދޫ ކައުންސިލްގެ މެންބަރުކަމުގެ ގޮނޑިއެވެ. ޕީއެންސީގެ ކެނޑިޑޭޓާ ވާދަކޮށް އެގޮނޑިއަށް އިންތިޚާބުވެފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް ޢަބްދުﷲ ޢާރިފްއެވެ. 
މި ބައި-އިލެކްޝަންތަކުގައި ވޯޓުލުމަށް 11 ފޮށި ބެހެއްޓުނުއިރު މާލޭގައި ވޯޓުލުމަށް 3 ފޮށި އަދި ރަށްރަށުގައި 8 ފޮށި ބެހެއްޓިއެވެ. ވެލިދޫގައި 3 ވޯޓު ފޮށި ބެހެއްޓިއިރު،މ ދެން ކޮންމެ ރަށެއްގައިވެސް ބައްހައްޓާފައިވަނީ ކޮންމެ ރަށެއްގައިވެސް 1 ފޮއްޓެވެ.  މި ބައި-އިލެކްޝަންގައި 5،267 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބުނެވެ.