ޚަބަރު

ޕީއެސްއެމްގެ ޑިރެކްޓަރ ފައިނޭންސް، މަސްއޫލިއްޔަތުން އެކަހެރިކޮށްފި


  • އޭނާ މަސްއޫލިއްޔަތުން އެކަހެރިކުރީ ބޯޑުން ބަލަމުންދާ މައްސަލައަކާ ގުޅިގެން

ޕަބްލިކް ސަރވިސް މީޑިއާ ގެ ޑިރެކްޓަރ ފައިނޭންސްގެ މަގާމުގައި ހުރި އަޙްމަދު ޙަނީފް މަސްއޫލިއްޔަތުން އެކަހެރިކޮށްފިއެވެ.

ޕީއެސްއެމުން ބުނީ އޭނާ މަސްއޫލިއްޔަތުތަކުން އެއްކަހެރިކުރީ ފައިނޭންސް ޑިޕާޓްމަންޓުން ޕޭމަންޓުތަކާއި ކޭޝްފްލޯ މެނޭޖުކުރުމުގައި ކޯޕަރޭޓް އުސޫލާ ޚިލާފަށް ކަންކަން ދާކަން ފާހަގަކުރެވުމާ ގުޅިގެން ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ޙަނީފް މަސްއޫލިއްޔަތުން އެކަހެރި ކުރީ ބޯޑުން ބަލަމުންދާ މައްސަލަ ވަކިގޮތަކަށް ނިމެންދެން ކަމަށް ވެސް ޕީއެސްއެމުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ކުރިއަށް އޮތްތަނުގައި ހިއްސާކުރާނެ ކަމަށްވެސް ޕީއެސްއެމުން ބުނެއެވެ.