ޚަބަރު

ސާޓާ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި


  • ސާޓާ އެވޯޑް އިފްތިތާހްކޮށްފައި ވަނީ 2016 ވަނަ އަހަރު

  • މި އަހަރުގެ އެވޯޑަށް އޭޕްރީލް 10ގެ ކުރިން ކުރިމަތިލެވޭނެ

މި އަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސާޓާ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ސާޓާ އެވޯޑަކީ ދެކުނު އޭޝިޔާ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާގެ ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.

މި އިވެންޓް އިންތިޒާމްކުރާ ހައިރައިސުން ބުނީ މި އަހަރުގެ ސާޓާ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެކަމަށެވެ.

ސާޓާ އެވޯޑް އިފްތިތާހްކޮށްފައި ވަނީ 2016 ވަނަ އަހަރުއެވެ. ސާޓާ އެވޯޑް ދިނުމުގެ މަޤްޞަދަކީ ދެކުނު އޭޝިއާގެ އެންމެ މޮޅު މެހެމާންދާރީގެ އަގު ވަޒަންކުރުމެވެ. މި އެވޯޑް ދިނުމުގެ ޙަރަކާތް ކޮންމެ އަހަރަކު ވެސް ކުރިއަށް ދާއިރު، ދެކުނުގެ އޭޝިއާގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ގިނަ ޢަދަދެއްގެ މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތައް ބައިވެރިވެއެވެ.

އެއީ ސާޓާ އެވޯޑް ބާއްވާ 8 ވަނަ އަހަރެވެ. އެ އެވޯޑް ދެނީ އެ ސިނާޢަތުގައި ޙަރަކާތްތެރިވާ ތަޖުރިބާކާރުންނާއި އިންޑަސްޓްރީގެ ފަންނުވެރިންގެ ޕެނަލަކުންނެވެ. ސާޓާ އެވޯޑް ދޭ ކެޓަގަރީތަކުގެ ތެރޭގައި ބެސްޓް ޑޮމެސްޓިކް ޑެސްޓިނޭޝަން، ބެސްޓް އިންޓަނޭޝަނަލް ޑެސްޓިނޭޝަން ފަދަ ކެޓަގަރީތައް ހިމެނެއެވެ. އެވޯޑަށް އޮންލައިންކޮށް ސަޓާ އެވޯޑް ވެބްސައިޓް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

މީގެ ކުރިން ބޭއްވި ސާޓާ އެވޯޑުތަކުގައި ރާއްޖެއިން ވަނީ ރަން ވަނަތަކެއް ހޯދައިފައެވެ.