ޚަބަރު

އައިޔޫއެމްގެ ވައިސް ޗާންސެލަރަކަށް ޑރ. ޢަލީ ޒާހިރު ޢައްޔަންކުރައްވައިފި


  • މަޤާމުގެ ފަތްކޮޅު އެރުވީ ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި

  • ޑރ. އަލީ ޒާހިރު ވަނީ ފިޤްހު ޢިލްމާއި އުސޫލް އަލް ފިޤްޙުން ޕީއެޗްޑީ ނަންގަވާފައި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައިޔޫއެމްގެ ވައިސް ޗާންސެލަރކަމުގެ މަޤާމަށް ޑރ. ޢަލީ ޒާހިރު ޢައްޔަންކުރައްވައިފިއެވެ.

ވައިސް ޗާންސެލަރކަމުގެ މަޤާމަށް ޑރ. ޢަލީ ޒާހިރު ޢައްޔަން ކުރައްވާފައިވަނީ ސަރުކާރުގެ ބައެއް އިސް މަޤާމުތަކަށް ބޭފުޅުން ޢައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ޑރ. ޢަލީ ޒާހިރާއި މަޤާމުގެ ފަތްކޮޅު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ޑރ. ޢަލީ ޒާހިރު ވަނީ 2021 ވަނަ އަހަރު މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ފިޤްހު ޢިލްމާއި އުސޫލް އަލް ފިޤްޙުގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރައްވާފައެވެ. އަދި އެމް.އެން.ޔޫގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ޑީންގެ މަޤާމު 2011 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ޑރ. ޢަލީ ޒާހިރު ވަނީ އަދާކުރައްވާފައެވެ.