ޚަބަރު

ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 290އަށް


ކޯވިޑް ބަލީގައި ރާއްޖޭގައި ނިޔާވި މީހުންގެ ޢަދަދު 290އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވިދާޅުވީ މިއަދު މެންދުރުފަހު 3:27 ހާއިރު ނިޔާވެފައިވަނީ އުމުރުން 92 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. އަދި އޭނާ ނިޔާވެފައިވަނީ ގދ.ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއަދު ނިޔާވި މީހާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދުވަނީ 290 އަށް އަރާފައެވެ.

މިބަލީގައި މިދިޔަ ހޮނިހިރު ދުވަހުވެސް މީހަކު ވަނީ ނިޔާވެފައެވެ. އާއަހަރާއެކު ރާއްޖެއަށް ވަނީ ކޯވިޑްގެ އިތުރު ރާޅެއް ކުރިމަތިވެފައެވެ. އެހެންނަމަވެސް މާލެ ސަރަޙައްދުގައި ޢަދަދުތައް ވަރަށް ބޮޑަށް ދަށަށް ދިޔަނަމަވެސް އަތޮޅުތެރޭގައި ޕޮޒިޓީވްވާ މީހުންގެ ޢަދަދުވަނީ އިތުރުވެފައެވެ.