ކުޅިވަރު

ވްލަހޮވިޗާއެކު ޔުވެންޓަސް އިން އެއްބަސްވުމަކަށް


ޔޫރަޕުގެ އެންމެ ގިނަ ކްލަބުތަކަކުން ފާރަލަމުން އަންނަ ސާބިއާގެ ފޯވަޑް ޑޫސާން ވްލަހޮވިޗް ގެންދަން ޔުވެންޓަސްއިން، ފިއޮރެންޓީނާއާއެކު އެއްބަސްވުމަކަށް އައިސްފައި ވާކަމަށް އިޓަލީގެ މީޑިޔާތަކުން ރިޕޯޓު ކޮށްފިއެވެ.

އިޓިލީގެ ރިޕޯޓުތައް ބުނާ ގޮތުން ފިއޮރެންޓީނާއާއެކު ޔުވެންޓަސްއިން، ވްލަހޮވިޗަށް އެއްބަސްވި އަގަކީ 75 މިލިއަން ޔޫރޯގެ އަގެކެވެ. އޭގެ އިތުރުން ބޯނަސް ފައިސާވެސް ޔުވެންޓަސްއިން ފިއޮރެންޓީނާއަށް ހުށަހަޅާފައި ވެއެވެ. ދެ ކްލަބުގެ ދެމެދުގައި އެއްބަސްވުމެއް އޮތްނަމަވެސް ކުޅުންތެރިޔާއާއެކު އަދި އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވްލަހޮވިޗަށް ޕްރިމިއާ ލީގުގެ ކްލަބުތަކުންވެސް ފާރަލަމުން އަންނަ އިރު، އެންމެ ގަދަޔަށް އޭނާ ގެންދިޔުމަށް މަސައްކަތް ކުރީ އާސެނަލްއިންނެވެ. ސާބިއާ ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިނުމުގައި ވްލަހޮވިޗް ވަނީ ވަރަށް ބޮޑު ދައުރެއް އަދާކޮށްފައެވެ.

ސާބިއާ ވޯލްޑް ކަޕަށް ޔަގީންކޮށް ކޮލިފައިވީ ޕޯޗުގަލް އޮތް ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ.