ކުޅިވަރު

އޮސްޓްރޭލިއަން އޯޕަން ޖޮކޮވިޗްއަށް ގެއްލިއްޖެ


ކޮވިޑްގެ ވެކްސިން ނުޖެހުމުގެ ސަބަބުން އޮސްޓްރޭލިޔާ އެތެރެ ނުވެވޭނެ ކަމަށް ނިންމައި ދެވަނަ ފަހަރަށް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޯވާކް ޖޮކޮވިޗް ޑީޕޯޓް ކޮށްލަން އޮސްޓްރޭލިޔާ އިމިގްރޭޝަނުން ނިންމައިފިއެވެ.

އޮސްޓްރޭލިއަން އޯޕަންގެ އެންމެ ފަހުގެ ޗެމްޕިއަން ޖޮކޮވިޗް ހިމެނޭހެން މުބާރާތުގެ ގުރު ނަގާފައި ވަނިކޮށް މިއަދު ވަނީ އޭނާގެ ވިސާ ކެންސަލް ކުރިކަން ހާމަކޮށްފައެވެ. އެހެންކަމުން ދެން އެނާއަށް މުބާރާތުގައި ނުކުޅުވޭނެއެވެ. މިއަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް އަންނަ ހޯމަ ދުވަހު އޮސްޓްރޭލިއާގެ މެލްބަން ޕާކުގައި ފެށުމަށް ތައްޔާރުވެފައިވާ އިރު، ފަލަ ސުރުހީތަކަށް އެރީ ޖޮކޮވިޗުގެ ވިސާ މައްސަލައެވެ.

ޖޮކިވިޗް ކޮވިޑް 19ގެ ވެކްސިން ފުރިހަމަނުކޮށް ހުރުމުން އޮސްޓްރޭލިއާއިން އޭނާއަށް ވިސާ ދިނުމުގައި މައްސަލަތަކެއް ޖައްސާފައިވާއިރު، އެ ކަންކަމުގައި ކޯޓު ކޭސްއަކަށް ގޮސް ޖޮކޮވިޗް ވަނީ ކާމިޔާބުވެސް ހޯދާފައެވެ. ޖޮކޮވިޗް، އޮސްޓްރޭލިއަން އޯޕަންގައި ކުޅުމަށް އޮސްޓްރޭލިއާއަށް ދިޔައީ މިދިޔަ ހަފުތާގައެވެ. ޑުބާއީ މަގުން އޮސްޓްރޭލިއާއަށް ޖޮކޮވިޗް ދިޔައީ ހާއްސަ ވިސާއެއްގެ ދަށުން އެގައުމަށް އެތެރެވުމަށެވެ. އެހެން ނަމަވެސް އޮސްޓްރޭލިއާގެ ސިއްހީ އިދާރާތަކުގެ ހާއްސަ ގަވާއިދުތަކުގެ ތެރެއިން ބަލައި، ޖޮކޮވިޗްގެ ވިސާ ވަނީ އަނެއްކާވެސް ކެންސަލް ކޮށްފައެވެ.