ކުޅިވަރު

ޗެލްސީ ހަތަރުވަނަ ބުރަށް


ފަސް ވަނަ ޑިވިޝަނުގެ ޗެސްޓާފީލްޑް އަތުން 5-1 އިން މޮޅުވެ، ޗެލްސީ މުބާރާތުގެ ހަތަރު ވަނަ ބުރުން ފުރުސަތު ހޯދައިފިއެވެ. ފަސް ވަނަ ޑިވިޝަނުގެ ޗެސްޓާފީލްޑާ ދެކޮޅަށް ޗެލްސީން ވަނީ ފުރަތަމަ ހާފުގައި ވެސް ހަތަރު ގޯލު ޖަހާފައެވެ.

ފުރަތަމަ ހާފުގައި ޗެލްސީގެ ގޯލުތައް ޖެހީ ޓިމޯ ވާނާ، ކަލުމް ހަޑްސަން އޮޑޯއި، ރޮމެލޫ ލުކާކޫ އަދި އަންޑްރެއަސް ކްރިސްޓެންސަންއެވެ. މިއީ ދާދިފަހުން ކުލަބާ ގުޅުން ގޯސްވިފަހުން ލުކާކޫ ޖަހައިދިން ފުރަތަމަ ލަނޑެވެ. ހަކީމް ޒިޔެޗް ޗެލްސީގެ ފަސް ވަަނަ ގޯލު ޖެހިއިރު ޗެސްޓާފީލްޑްގެ ގޯލު ޖެހީ އަކްވާސޭ އަސާންޓީއެވެ.

އެފްއޭ ކަޕްގަ ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބާންލީ އަތުން 2-1 އިން ހަޑްސްފީލްޑް ވަނީ މޮޅުވެފައެވެ. ލެސްޓާ ސިޓީން ވަނީ އެ ޓީމަށް ޕްރިމިއާ ލީގު ހޯދައިދިން ކޯޗު ކްލައުޑިއޯ ރަނިއޭރީ އިރުޝާދުދޭ ވަޓްފޯޑް އަތުން 4-1 އިން މޮޅުވެފައެވެ. އަދި މިލްވޯލް ދަނޑުގައި ޕެޓްރިކް ވިއޭރާ ކޯޗުކޮށްދޭ ކްރިސްޓަލް ޕެލަސް މޮޅުވީ 2-1 އިންނެވެ.