ކުޅިވަރު

އިނގިރޭސި ކުލަބުތަކުގެ ލޯ ކޫޓީނިޔޯއަށް


ބާސެލޯނާގެ ބްރެޒިލް މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ އަށް އިނގިރޭސި ޕްރިމިއާ ލީގުގެ ފަސް ކްލަބެއްގެ ހުށަހެޅުން ލިބިފައިވާ ކަމަށް ބްރެޒިލްގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މި މަހުގެ ޓްރާންސްފާ މާކެޓް ތެރޭގައި ކުޓީނިއޯ ބާސެލޯނާ ދޫކޮށްލާނެކަން ޔަގީންވެފައިވާއިރު، އޭނާ ދެން ގުޅޭނެ ކްލަބެއް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. ކުޓީނިއޯ, ގެންނަން އޭނާގެ ކުރީގެ ކްލަބް ލިވަޕޫލްގެ އިތުރުން ދެން ހުށަހަޅާފައި އޮތީ އެސްޓަން ވިލާ، އެވަޓަން، ޓޮޓެންހަމް އަދި އާސެނަލް ހިމެނެއެވެ.

ކުޓީނިއޯގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑް މިހާރު ހުރީ އެސްޓަން ވިލާގެ ކޯޗުކަމާ ހަވާލުވެއެވެ. އެސްޓަން ވިލާއިން ޖެނުއަރީ ޓްރާންސްފާގައި ކުޓީނިއޯ ގެންނަން އެންމެ ބޮޑަށް ބާރުއަޅަނީ ޖެރާޑެވެ. އާސެނަލްއިން ވެސް ކޫޓިނިޔޯއަށް ފުރުސަތެއް އެބައޮތް ކަމަށް މީގެ ކުރިން ބްރެޒިލްގެ ޓީވީ އަކުން ރިޕޯޓްކޮށްފައިވެއެވެ.

އެވަޓަން އިން ކުޓީނިއޯ ގެންނަން މަސައްކަތް ކުރާއިރު، އެ ޓީމާ ހަވާލުވެ ހުރީ، ކުޓީނިއޯ އަށް އިންޓަ މިލާނުގައި ކޯޗުކޮށްދިން ރަފައެލް ބެނިޓޭޒެވެ. ކުޓީނިއޯ އަށް މި ވަގުތު ހުށަހެޅުމެއް ލިބިފައި އޮތް ލަންޑަންގެ ދެ ކްލަބަކީ ޓޮޓެންހަމް އާއި އާސެނަލްއެވެ.