ކުޅިވަރު

ފުރަތަމަ ލެގު ޗެލްސީއަށް


އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ ޗެލްސީން 2-0 އިން ޓޮޓްނަމް ހޮޓްސްޕާރސް ބަލިކޮށްފިއެވެ. ރޭގެ މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި ޗެލްސީން ވަނީ ލީޑުނަގައިފައެވެ.

ޗެލްސީއަށް ފުރަތަމަ ލަނޑު ކަމިޔާބުކޮށްދިނީ މާކޯސް އަލޮންސޯއެވެ. ޗެލްސީން ޖެހި ދެ ވަނަ ގޯލަކީ ޓޮޓެނަމްގެ ބެން ޑޭވިސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޓޮތްނަމަށް މާ ނުރައްކާތެރި އެޓޭކްތަކެއް މުޅި މެޗަށް ބެލިޔަސް ކުރެވިފައިނުވެއެވެ. މި ނަތީޖާއާއެކު ލީގު ކަޕް ފައިނަލުން ޖާގަ ހޯދަން އަންނަ ހަފްތާގައި ޓޮޓްނަމް ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެން ވެސް ޗެލްސީ އަށް ފަރުޖައްސައިލެވޭނެއެވެ. ރޭގެ މެޗަކީ 2018 ވަނަ އަހަރު ޗެލްސީ ދޫކޮށްލި ފަހުން ކޮންޓޭ، ޗެލްސީ ދަނޑަށް ޓީމެއް ގޮވައިގެން އެނބުރި އައި ފުރަތަމަ ފަހަރެވެ.

ޗެލްސީން ރޭގެ މެޗަށް ނުކުތީ ރޮމެލޫ ލުކާކޫ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. ޗެލްސީގައި ހުރީ ހިތްހަަމަޖެހޭ ހާލަތެއްގަައި ނޫން ކަމަށް ބުނެ، ދާދި ފަހުން އިންޓަވިއު ދިން މައްސަލައިގައި ލުކާކޫ ވަނީ މާފަށް އެދިފައެވެ.