ކުޅިވަރު

ސައުދީ މަހުޖަނުން ފުރަތަމަ ބޮޑު ޓްރާންސްފާއަކަށް ޓްރިޕިއާ


ސައުދީގެ ސޮވަރިން ފަންޑުން ދާދިފަހުން ގަތް އިނގިރޭސި ކްލަބު ނިއުކާސަލްގެ ފުރަތަމަ ބޮޑު ޓްރާންސްފާގައި އިންގްލެންޑް ގައުމީ ޓީމުގެ ޑިފެންޑަރު ކީރެން ޓްރިޕިއާ ގެންދަން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ޓްރިޕިއާ 2019 ވަނަ އަހަރު ލަލީގާގެ އެތުލެޓިކޯ މެޑްރިޑާ ގުޅުނީ ޓޮޓެންހަމުންނެވެ. އޭނާ އެތުލެޓިކޯއަށް ދިޔައީ 20 މިލިއަން ޕައުންޑުގެ އަގަކަށެވެ. މީގެ ކުރިން ޓްރިޕިއާ ވަނީ ކޯޗު ހޯވްގެ އިރުޝާދުގެ ދަށުން ބާންލީ އަށް ކުޅެފައެވެ.

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޓްރިޕިއާ ގެންދަން ނިއުކާސަލް އިން އެއްބަސްވެފައި ވަނީ 12 މިލިއަން ޕައުންޑުގެ އަގަކަށެވެ. ޓްރިޕިއާ ވެގެންދާނީ ސައުދީ ވެރިންގެ އިރުޝާދުގެ ދަށުން ކްލަބަށް ގެންދާ ފުރަތަމަ ކުޅުންތެރިޔާއަށެވެ. އެއީ އާ ކޯޗު އެޑީ ހޯވްގެ އިރުޝާދުގެ ދަށުންވެސް ޓީމަށް ގެންދާން ފުރަތަމަ ކުޅުންތެރިޔާއެވެ.

ޓްރިޕިއާ ވަރަށް އަވަހަށް އިންގްލެންޑަށް ދާނެއެވެ. ޓްރިޕިއާ ސްޕެނިޝް ލީގު ދޫކޮށްލަން ނިންމާފައި ވަނީ 83 މެޗު އެތުލެޓިކޯ އަށް ކުޅުމަށް ފަހުގައެވެ.