ކުޅިވަރު

ނޢޢވ ޢުމަރު ޒާހިރު ހަނދާނުގައި ބައިސްކަލް މުބާރާތެއް


ނޢޢވ، ޢުމަރު ޒާހިރުގެ ހަނދާނުގައި ބައިސްކަލް މުބާރާތެއް ބާއްވަން، ބައިސްކަލް އެސޯސިއޭޝަން އޮފް މޯލްޑިވިސްއިން ހާމަކޮށްފިއެވެ.

ބައިކް މޯލްޑިވިސްގެ އަންނަ އަހަރުގެ ކަލަންޑަރ އިޢުލާންކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެ އެސޯސިއޭޝަނުގެ ރައީސް ޒުލައިޚާ ޙަސަން ދީދީ ވިދާޅުވީ މި ގޮތަށް އެސޯސިއޭޝަނުން އެގޮތަށް ނިންމީ ދިވެހި ކުޅިވަރަށް ޒާހިރު ނަސީރު ކޮށްދިވި މަސައްކަތް އަގުވަޒަން ކުރުމުގެ ގޮތުންނާއި ބައިސްކަލް ދުވުމުގެ ސަގާފަތް ދިރުވުމުގެ ގޮތުން މަރްހޫމް ޒާހިރު ނަސީރު ކޮށްދެއްވި މަސައްކަތް އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

މީގެ އިތުރުން އިންޓަ ސުކޫލް ބައިސަލް މުބާރާތް ބޭއްވުމަށް ހަމަޖެހިފަވަނީ ބައިކް މޯލްޑިވިސްގެ ފައުންޑަރ މާދިހު އިސްމާޢީލްގެ ހަނދާނުގައެވެ. ސައިކްލިން އެޗީވާސް ރޭންކިން ރޭސް ބޭއްވުމަށް ހަމަޖެހިފަ ވަނީ ޒާހިރު ނަސީރުގެ ހަނދާނުގައެވެ.

"މިފަދަ މުބާރާތްތަކުގައި އެންމެބޮޑު ބޭނުމަކީ ބައިސްކަލު ދުއްވުމުގެ ސަގާފަތް ދެމެހެއްޓުމަށްޓަކައި އެބޭފުޅުން ކުރެއްވި މަސައްކަތުގެ އަގުވަޒަންކުރުން." ކަލަންޑަރު އިއުލާން ކޮއްދެއްވަމުން ޒުލައިޚާ ވިދާޅުވިއެވެ.

އަންނަ އަހަރު ބައިނަލް އަގުވާމީ މުބާރާތްތަކަށް ބައިކްމޯލްޑިވިސްގެ ބައިވަރެން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ބޭއްވުމުގެ އިތުރުން ތިން ގައުމެއްގައި އޮންނަ ޓުވާއެއްގައި ރާއްޖެއިން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަތޮޅު ތެރޭގައިވެސް ބައިކްގެ ގިނަ އިވެންޓްތަކެއް އަންނަ އަހަރު ބޭއްވުމަށް އެއެސޯސިއޭޝަނުން ވަނީ ތާވަލްކޮށްފައެވެ. ބައިކް މޯލްޑިވިސްއިން ޢާއްމުން ބައިސްކަލް ދުއްވުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވުމަށް ހަމަޖެހިފަވާ ޕްރޮގްރާމްތަކާއެކު މުޅިއަހަރުގެ ޙަރަކާތްތަކާއެކު ވަރަށް އުންމީދީ އަހަރެއްގެ ގޮތުގައި އެ އެސޯސިއޭޝަނުން ވަނީ ސިފަކޮށްފައެވެ.

ބައިކް މޯލްޑްވިސް އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފަވާ ގިނަ މުބާރާތްތައް ތާވަލްކޮއްފަވަނީ ހުޅުމާލޭގައި ބޭއްވުމަށެވެ.