ކުޅިވަރު

12 މެޗަށްފަހު ބްރައިޓަން މޮޅުވެއްޖެ


އިނގިރޭސި ލީގުގައި 12 މެޗަށްފަހު ބަރައިޓަން އިން މޮޅެއް ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބްރައިޓަން މޮޅުވީ ބްރެންޓްފޯޑް އަތުން 2-0 ލަނޑުންނެވެ. މެޗުގެ ލަނޑުތައް ބްރައިޓަންއިން ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. މެޗުގައި ބްރައިޓަންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ލިއާންޑްރޯ ޓްރޮސާޑް އާއި ނީލް މައުޕޭއެވެ. ރޭގެ މެޗާ ހަމަޔަށް ބްރައިޓަންއަށް މޮޅެއް ނުހޯދެއެވެ. އެންމެފަހުން ބްރައިޓަން މޮޅުވެފައިވަނީ ސެޕްޓެންބަރު 19 ވަނަދުވަހު ލީގުގައި ކުޅުނު މެޗުންނެވެ.

މިއީ ލީގުގައި ގަދަ 10ގައި ހިމެނޭ ޓީމަކަށް މޮޅެއް ނުލިބި ހެދުނު ރެކޯޑެކެވެ. މި ނަތީޖާއާއެކު ބްރައިޓަން ވަނީ ތާވަލުގެ 9 ވަނައަށް ކުރިޔަށްޖެހިލާފައެވެ. ބްރައިޓަންއިން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު 17 މެޗުން 23 ޕޮއިންޓް ހޯދާފައެވެ. ބްރެންޓްފޯޑުން ވަނީ 17 މެޗުން 20 ޕޮއިންޓް ހޯދާފަ. އެޓީމު އޮތީ ތާވަލުގެ 13 ވަނައިގައިއެވެ.