ކުޅިވަރު

މާޒިޔާ ވަރަށް ވަރުގަދަ، މިއީ އެންމެ އުނދަގުވާނެ މެޗު: ޝާޒްލީ


މާޒިޔާ އަބަދުވެސް ފެންނަނީ ވަރުގަދަކޮށް ކަމަށާ ކުރިޔަށް އޮތް މާޒިޔާ މެޗަކީ އެންމެ އުނދަގޫވާނެ އެއްމެޗުކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ ބުނެފިއެވެ.

ފްރެޒިޑެންޓްސް ކަޕުގައި މިރޭ މާޒިޔާ ދެކޮޅަށް ނުކުތުމުގެ ކުރިން ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަދައްކަމުން އީގަލްސްގެ ކޯޗު ޝާޒް ބުނީ މުބާރާތުގައި ފުރަތަމަ މެޗުން ބަލިވުމަކީ ހެދުނު ގޯހެއް ކަމަށާއި އެއީ ބަލިވާން ޖެހޭ މެޗެއް ކަމަށް ގަބޫލުނުކުރާކަމަށެވެ.

މާޒިޔާ ފެންނީ މި ސީޒަނުގައި އެހެން ސީޒަނުތަކާއި އަޅާބަލާއިރު މާ ވަރުގަދަކޮށް ކަމަށާއި އެހެންނަމެވެސް އީގަލްސްގަ ތިބީ މާޒިޔާ ދެކޮޅަށް ކުޅެ ތަޖުރިބާ ލިބިފަ ތިބި ކުޅުންތެރިން ކަމަށް ޝާޒް ބުންޏެވެ. އޭނާ ބުނީ އެކުޅުންތެރިން ތަޖުރިބާ ބޭނުންކުރަން ވިސްނާނެ ކަމަށާއި އެހެން ނަމަވެސް މެޗުގައި ވަރަށް ވަރުގަދަވާނެ ކަމަށެވެ. އެންމެފަހުން ކުޅުނު މެޗުގައި އީގަލްސްއިން މޮޅުވުމުގެ ރޫހު ކުޑަކޮށް ފެނުނުކަމުގައި ވިޔަސް ކުޅުންތެރިންނާ މެދު ފުރިހަމަޔަށް އިތުބާރު އެބައޮތްކަމަށް ޝާޒްބުންޏެވެ.

އީގަލްސް ޓީމުގައި މިވަގުތު ތިބީ ގިނަ ދުވަހު އެކުގައި ކުޅެފަ ތިބި ކުޅުންތެރިންނަށް ވުމުން އެ ކުޅުންތެރިން ލެވެލްއާ ކުރެވުނު މަސައްކަތަށް ބަލާއިރު އެއީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް އީގަލްސްގެ ކޯޗު ޝާޒް ބުންޏެވެ.

" މީގަ ކުރިން ބަލިވާން ނުޖެހޭ މެޗަކުން ބަލިވެފަ މިއިނީ، އަނެއްހެން ކުޅުންތެރިންގެ މަސައްކަތަށް އިތުބާރު އެބައޮތް، މާޒިޔާ މިފެންނަނީ އެހެން ޓީމުތަކާ އަޅާބަލާއިރު ވަރަށް ވަރުގަދަކޮށް، ވަރުގަދަ މެޗަކަށް ވާނެ،" މެޗުގެ ކުރިން ޝާޒް ބުންޏެވެ.

އީގަލްސްއިން ޓީމެއްގެ ގޮތުގައި މިމެޗުގައި ރަނގަޅަށް ކުޅެވޭނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރާކަމަށް މިދިޔަ ސީޒަންގައި ޓީމާ ހަވާލުވިކޯޗު ބުންޏެވެ. މާޒިޔާ މެޗުގެ މަސައްކަތް ކުރާނީ ތިން ޕޮއިންޓު ހޯދުމަށްކަމަށް ޝާޒް ވަނީ މެޗުގެ ކުރިން ބުނެފައެވެ.

އީގްލަސް ވަނީ ފުރަތަމަ މެޗު ޓީސީ އަތުން ބަލިވެފައެވެ.