ކުޅިވަރު

ވެލެންސިޔާއަށް ބޮޑު މޮޅެއް


ޕްރެޒިޑެންޓްސް ކަޕްގައި ރޭ ޔުނައިޓަޑް ވިކްޓަރީ (ޔޫވީ) އަތުން 5-0 އިން މޮޅުވެ ވެލެންސިޔާ އިން ބޮޑު މޮޅެއް ހޯދައިފިއެވެ.

ޔޫވީ ކޮޅަށް ވެލެންސިއާއިން ޖެހި ފަސް ލަނޑުގެ ތެރެއިން، ދެ ލަނޑު ޖަހައިދިނީ ގައުމީ ޓީމުގެ ފޯވަޑް އަލީ ފާސިރު (ސެންޓޭ)އެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ސެންޓޭ އަކީ މި ފަހަރު ވެލެންސިއާގެ ކެޕްޓަނެވެ.

ވެލެންސިއާއަށް ދެން ލަނޑު ޖަހައިިދިނީ ސްޕެއިންގެ ފޯވަޑް ބޯހާސް މާޓިން ގޮންޒާލޭޒާއި މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެންއެރި ހުސެއިން ހަންނާނެވެ. ޒުވާން ޓީމަކާއެކު، ރޭގެ މެޗަށް ނުކުތް ޔޫވީން މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. ވެލެންސިއާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ވެސް ފޮނުވިއެވެ.

މެޗުގައި ފެނިގެންދިޔައީ ވެލެންސިއާގެ ތަޖުރިބާކާރު ކުޅުންތެރިންގެ ތަފާތެވެ. ޒުވާން ޓީމަކާއެކު، ރޭގެ މެޗަށް ނުކުތް ޔޫވީން މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިއެވެ. ވެލެންސިއާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ވެސް ފޮނުވާލިއެވެ. އެކަމަކު، މެޗުގައި ފެނިގެންދިޔައީ ވެލެންސިއާގެ ތަޖުރިބާކާރު ކުޅުންތެރިންގެ ތަފާތެވެ.

މި މެޗަށް ވެލެންސިއާ އިން ކުރިމަތިލިއިރު، ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި އެ ޓީމު ވަނީ ހޮނިހިރު ދުވަހުގެރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 5-0 އިން ބަލިވެފައެވެ. މި މިޗުން މޮޅުވެ ވެލެންސިޔާއިން ވަނީ އެޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން ވަރަށް ބޮޑަށް ހިފާފައެވެ.

މެޗުން ލިބުނު ތިން ޕޮއިންޓާ އެކު މުބާރާތް ވެލެންސިޔާއިން މި ފެށީ މޮޅަކާއެކުވެ.