ކުޅިވަރު

ގޯލްޑަން ފުޓްސަލް މުބާރާތުގައި 91 ޓީމު


މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ މަޝްހޫރު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކުރިއަށް އޮތް މުބާރާތުގައި 91 ޓީމު ބައިވެރިވެފައިވާ ކަމަށް މުބާރާތް އިންތިޒާމްކުރާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން އިން ބުނެފިއެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބުނީ އަންނަ އަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހު ފަށަން ތާވަލުކޮށްފައިވާ މުބާރާތުގައި 91 ޓީމު ބައިވެރިވެފައިވާ ކަމަށެވެ. މުބާރާތުގައި ޖުމްލަ 177 މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ މެޗުތައް އެންމެ ފަހުން ކުޅުނީ ހުޅުމާލެ، ރެހެންދި ފުޓްސަލް ދެ ދަނޑުގައެވެ. މުބާރާތް ކުރިއަށްދިޔަ އާންމު އުސޫލަށް ބަލާއިރު، މި ފަހަރު ވެސް މުބާރާތުގެ ފޯމެޓް އޮތީ ކުރިން އޮތްގޮތަށް ފުރަތަމަ އަތޮޅު ބުރެއް ކުޅުމަށް ފަހު ދެން ޒޯން ބުރަށް ހޮވޭ ގޮތަށެވެ.

އެ އަށް ފަހު މުޅި ރާއްޖޭގެ ޗެމްޕިއަން ޓީމެއް ހޮވާނެއެވެ. ފަސް ޓީމަށް ވުރެ މަދުން ބައިވެރިވާ އަަތޮޅުތަކުގައި ފުރަތަމަ ކުޅޭނީ ލީގު ބުރެކެވެ. އަދި ފަސް ޓީމަށް ވުރެ ގިނައިން ބައިވެރިވާނަމަ ގްރޫޕަށް ބަހައިގެން ކުރިއަށްދާނެއެވެ. މީގެ ހަ އަހަރު ކުރިން 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ޓީމަކަށް ކުޅެވޭނީ އެ ޓީމެއް ނިސްބަތްވާ ރަށަކަށް ނޫނީ އަވަށަކަށް ރަޖިސްޓްރީވެފައިވާ ކުޅުންތެރިންނަށެވެ.

ގޯލްޑަން ފުޓްސަލް ޗެެލެންޖްގެ ހާއްސަ ކަމަކީ އަތޮޅާއި ޒޯޏް ފުޓްބޯޅަ ފޯރިން ފެށިގެން މުޅި ރާއްޖެއާ ހަމައަށް ޗެލެންޖިން މެޗުތަކެއް ފެނުމެވެ.