ކުޅިވަރު

މި ސީޒަންގައި ރޯމާއިން ވިދިވިދިގެން ތިންމެޗުން ފުރަތަމަފަހަރަށް މޮޅުވެއްޖެ


އިޓާލިއަން ސެރިއާގައި ރޯމާ މޮޅުވެ ތާވަލުގެ ހަވަނައަށް ކުރިޔަށްޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅެ ރޯމާ މޮޅުވީ ސްޕީޒިއާ ވާދަކޮށް 2-0 ލަނޑުންނެވެ.

މެޗުގެ ހަވަނަ މިނުޓުގައި ކްރިސް ސުމޯލިން ކާމިޔާބުކޮށްދިން ލަނޑުން ރޯމާއިން ލީޑު ނެގިއިރުއެވެ. މި ލަނޑަށްފަހު ރޯމާގެ ޓަމީ އަބްރަހަމް ޖެހި ބޯޅައެއް ސްޕީޒިއާގެ ގޯލުގެ ދަނޑިއަށް ވަނީ އަމާޒުވެފައެވެ. ރޯމާއިން މެޗުގައި ލީޑު ދެމެހެއްޓީ ދެވަނަ ހާފް ފަށައިގެން 10 މިނިޓުގެ ތެރޭގައި ރޮޖާ އިބަނޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މެޗުގައި ރޯމާގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފެލިކްސް އަފެނާ ގިޔާންއަށް ވަނީ ދެވަނަ ރީނދޫކާޑާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. މި ނަތީޖާއެކު ރޯމާ ވަނީ އިޓާލިއަން ސެރިއާގެ ތާވަލުގެ ހަވަނައަށް ކުރިޔަށް ޖެހިލާފައެވެ. ރޯމާއިން ވަނީ ލީގުގައި ކުޅުނު 17 މެޗުން 28 ޕޮއިންޓު ހޯދާފައެވެ. މިމަހުގެ ކުރީކޮޅު ރޯމާއިން ވަނީ ލީގުގައި ބޮލޯނާ އާއި އިންޓަމިލާން އަތުން ބަލިވެފައެވެ.

ރޭގައި ހޯދި މޮޅާއެކު ރޯމާ ވެފައިވަނީ މި ސީޒަންގައި ވިދިވިދިގެން ތިން މެޗުން މޮޅެއް ހޯދި ފުރަތަމަ ފަހަރަށެވެ. ރޯމާ މިވަގުތު ތާވަލުގެ 6 ވަނައިގަ އޮތީ އެންމެ ކުރީގަވާ އިންޓަމިލާނަށް ވުރެން 12 ޕޮއިންޓު ފަހަތުންނެވެ. ލީގުގައި އަންނަ ހޮނިހިރު ރޯމާ ނުކުންނާނީ ތާވަލުގެ ތިންވަނައިގައިވާ އެޓްލާންޓާއާ ދެކޮޅަށެވެ.

ރޭގެ މެޗުން ބަލިވި ސްޕީޒިއާ އޮތީ ރެލިގޭޝަން ޒޯނާ ދެ ޕޮއިންޓު ގާތުގައި 17 ވަނައިގައެވެ.